ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް ރައީސް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. މީގެ ކުރިންވެސް މިދެބޭފުޅުން ރާއްޖޭގެ ހާލަތާ މެދު މަޝްވަރާ ކުރައްވާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މައުމޫން މިކަން ދޮގުކުރައްވައެވެ.
ރައިސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ހެނދުނު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިދެބޭފުޅުން ގެ މަޝްވަރާތައް ކުރައްވާކަމަށް ނަޝީދު ވިދާޅުވާ ވާހަކަފުޅު މައުމޫނު ދޮގުނުކުރައްވާނެކަމަށްވެސް މިއަދު ނަޝީދު ވިދާޅުވިކަމަށް ވެއެވެ. އެގޮތުން ނަޝީދު ވިދާޅުވިކަމަށް ބައެއް ނޫސްތަކުގައިވަނީ ރައީސް ނަޝީދާ އެކު މަޝްވަރާ ނުކުރައްވަމެކޭ ރައީސް މައުމޫން ސީދާ ވިދާޅުވެފައި އޮތް ތަނެއް އެމަނިކުފާނަށް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
މިނޫނަސް ރައީސް މައުމޫނާއި، ރައީސް ނަޝީދާ ދެބޭފުޅުންގެ ދެމެދުގައި އޮންނަ ގުޅުމާ ގުޅޭގޮތުން ބޭރުގެ މީޑިއާގައިވެސް ތަފާތު ވާހަކަތައް ފެތުރިފައިވެއެވެ. އެގޮތުން ރައީސް ނަޝީދާއި އިދިކޮޅު ހަރަކާތަށް މައުމޫން އެއްބާރުލުން ދެއްވާނީ 100،000 ޑޮލަރު ދެއްވުމުން ކަމަށް މައުމޫން ވިދާޅުވި ކަމަށާއި، އޭގެ ތެރެއިން 50،000 ޑޮލަރު މައުމޫނަށް ލިބިވަޑައިގެންފައިވާ ކަމަށް، “އިތުބާރުހުރި ފަރާތްތަކާ” ހަވާލާދީ އަލްޖަޒީރާގައި ކުރި ރިޕޯޓެއް، ރައީސް މައުމޫނާއި ރައީސް ނަޝީދުވެސް ވަނީ ދޮގުކުރައްވައިފައެވެ.
ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިވާހަކަ ތައް ވިދާޅުވިއިރު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޞީރުވެސް މިހާރުވަނީ ލަންޑަނަށް ވަޑައިގެން އިދިކޮޅު އިއްތިހާދާ ގުޅިވަޑައިގެންފާކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.

ފަހުގެ ލިޔުންތައް

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.