ޓެކްނޮލޮޖީ

ވައިބަރގެ އާ ފީޗަރއެއް – މިހާރު މެސެޖް އެޑިޓްކުރެވޭނެ

ދުނިޔޭގެ ގިނަބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް ނެޓްވޯކް ވައިބަރ އަކީ މިއަދު ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއްގޮތަށްވުރެ ގިނަގޮތްގޮތުން އޭގެ ބޭނުންޖެހިފައިވާ މަޝްހޫ އެޕްލިކޭޝަނެކެވެ.

2010 ޑިސެމްބަރ 2 ވަނަދުވަހު ތަޢާރަފކުރި ވައިބަރއަށް 8 އަހަރުވެފައިވާއިރު މިއެޕްލިކޭޝަންގެ މުހިންމު ގިނަފިޗަރސްތަކެއް މިހާރުވެސްވަނީ ތަޢާރަފްކޮށް ގިނަބައެއްގެ މަޤުބޫލްކަންހޯދާފައެވެ.

Advertisement Advertisement

އަނެއްކާވެސް މިހާރުމިވަނި ވައިބަރގެ މުހިންމުއާ ފީޗަރއެއް ތަޢާރަފްކޮށްފައެވެ. ވައިބަރގެ އެންމެ ފަހުގެ އަޕްޑޭޓް އިންސްޓޯލްކޮށްލުމުންލިބިގެންދާ އާ ފީޗަރއަކީ ކުރިން ފޮނުވާފައިހުންނަ މެސެޖްތައް އެޑިޓްކޮށްލުމެވެ. ވައިބަރއިން މިދިޔަ އޮކްޓޯބަރ ގައި މިފީޗަރ ތަޢާރަފްކުރިކަމުގައިވިޔަސް ބައެއް ފޯނުތަކަށްމީގެ އަޕްޑޭޓްސް ލިބިފައިވަނީ ވަރަށްފަހުންނެވެ. މި ފީޗަރ ލިބުމުގެ ކުރީގައި ވައިބަރއިން މެސެޖެއް ސެންޑްކޮށްލެއްވިޖެނަމަ ސްޕެލިން މިސްޓޭކެއް އޮތަސް އަލުންއެމެސެޖް އެޑިޓްކޮށްލެވޭނެ ގޮތެއް ނޯވެއެވެ. ދެން ޖެހެނީ އަވަހަށް އެމެސެޖް ފުހެލާށެވެ. އެމެސެޖް ޑިލީޓްކޮށްލުން ފިޔަވައި އެހެންގޮތެއް ހެދޭކަށް ނޯވެއެވެ.

އެހެންނަމަވެސް މިހާރު އެންމެފަހުގެ އަޕްޑޭޓްގައި ކުރިންފޮނުވާފައި ހުންނަމެސެޖްތައް އެޑިޓްކޮށްލެވެއެވެ. އެއީ ވައިބަރ ގްރޫޕެއްގެ ތެރޭގައި ލިޔެފައި ހުންނަ މެސެޖްތައްކަމުގައިވިޔަސް މެއެވެ. އަދި އެކަކު އަނެއްކަކަށް ފޮނުވާމެސެޖްތައް ވިޔަސްވެސް ހަމަ އެގޮތަށް އެޑިޓްކުރެވެއެވެ.

އެހެންކަމުން އަލަށް ވައިބަރއިން ތަޢާރަފްކުރި މި ފީޗަރއަކީ ގިނަބަޔަކަށް ކަމުދާނެ ރަގަޅު ބޭނުންތެރި ފީޗަރއަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

އަލަށް ތަޢާރަފްކުރި ފީޗަރ ބޭނުންކުރުމަށް ހަދާނެގޮތަކީ ފޯނުންނަމަ އެޑިޓްކުރުމަށް ބޭނުންވާ މެސެޖްއަށް ފިއްތާލައިގެން ކުޑައިރުކޮޅެއްގައި މަޑުކޮށްލާނީއެވެ. އޭރުން ލިބެންހުންނަ އޮޕްޝަންތައް ފެންނާނެއެވެ. ދެން އެޑިޓް ސެލެކްޓްކޮށްލާށެވެ. އޭރުން ގެންނަންބޭނުންވާ ބަދަލު ގެނެވެއެވެ. އޭގެފަހުގައި ރަގަޅު ފާހަގައަށް ކްލިކް ކޮށްލުމުން ހަމަކުރިން އިން މެސެޖް ނުވަތަ ޓެކްސްޓް އޮންނާނީ އެޑިޓްވެފައެވެ.

ޑެސްކްޓޮޕުންނަމަ އެމެސެޖަކަށް ރައިޓްކްލިކް ދިނުމުން ހަމަ ކުރިން ބުނިހެން އޮޕްޝަންތައް ލިބޭނެއެވެ. އެތަނުން އެޑިޓް ސެލެކްޓް ކޮށްލުމަށްފަހު ގެންނަން ބޭނުންވާ ބަދަލުގެނެވޭނެއެވެ.

ޓެގް
އިތުރަށް ދައްކާ

3 ޚިިޔާލު

  1. ދެލޯފުޅާ ތިޔަ ފީޗަރ މިހަަރު ލިބެތާ ކިތަންމެ ދުވަހެއް. ލިޔުންތެރިޔާ ވައިބރ އޕްޑޭޓް ނުކުރާތީ ނޭނގުނީ ތާ ދޯ. ދެން އެކަމަކު އެންމެ ފަހުގެ އަޕްޑޭޓް ގައޭ ބުނީމަ އެހާއެއް ނޫން. ނާރެސްކުރިއަށް ބާރަށއް ކުރިއަށް.

    1. ވައިބަރއިން މިދިޔަ އޮކްޓޯބަރ ގައި މިފީޗަރ ތަޢާރަފްކުރިކަމުގައިވިޔަސް ބައެއް ފޯނުތަކަށްމީގެ އަޕްޑޭޓްސް ލިބިފައިވަނީ ވަރަށްފަހުންނެވެ.
      އެވަހާކަ އެބައޮތް ދޯ މީގަ ބުނެފަ “ވައިބާބޮޑޭ” މި ލިޔުން ނުވެއްކިޔައޭ ދޯ

ޚިޔާލު ފާޅުކުރައްވާ

މިލިޔުމާ ގުޅޭ ލިޔުންތައް

Close
Close