ޓެކްނޮލޮޖީ

1 ޓީބީގެ އިންޓާނަލް ސްޓޯރޭޖާއި އެކު ސެމްސަންގް ގެލެކްސީ އެސް 10 ނެރެނީ

މިހާތަނަށް ސެމްސަންގްއިން ނެރޭ އެންމެ ތަފާތުބޮޑު ފޯންކަމަށް ގިނަބަޔަކު ބުނަމުންދާ ސެމްސަންގް ގެލެކްސީ އެސް 10 ގެ އިންޓާނަލް ސްޓޯރޭޖް 1 ޓީބީ ހިމަނައިގެން އަންނަ ފެބްރުއަރީ 20 ގައި ލޯންޗްކުރާނެކަމަށް ލީކްވެފައިވާ ޚަބަރުތަކާ ޙަވާލާދީ ގިނަސައިޓްތަކުން ބުނަންފަށައިފިއެވެ.

ސެމްސަންގ ފޯންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފޯންއަކީ ސެމްސަންގް ގެލެކްސީ އެސް ސީރީޒްގެ ފޯންތަކެވެ. މިހާރު ސެމްސަންގް ގެލްސީ އެސް ސީރީސްއިން ސެމްސަންގް ގެލްސީ އެސް 9 ނެރެފައިވާއިރު، ގިނަ ބައެއް މިހާރު އިންތިޒާރު ކުރަމުންދަނީ ސެމްސަންގް ގެލްސީ އެސް 10 އަށެވެ.

Advertisement Advertisement

ޓެކް ޚަބަރުތައް ގެނެސްދޭ ސައިޓްތަކުން ބުނާގޮތުން އެސް 10 ގެ އެންމެބޮޑު އަނެއްތަފާތަކީ 5 ޖީ ބޭނުން ކުރެވޭ ޓެކްނޮލޮޖީ އެފޯނުގައި އެކުލެވިގެންވުމެވެ އަދި ހަމަ އެފަދައިން އެންމެބޮޑު އަނެއްތަފާތަކީ މިފޯންގައި ޖުމްލަ 6 ކެމެރާ ހުރުމެވެ. އެއީ ކުރިމަތީގައި 2 ކެމެރާއާއި ފަހަތުގައި 4 ކެމެރާއެވެ. މިކެމެރާތަކުގެ ސަބަބުން ފަހަތް ފުސްކޮށް ފޮޓޯ ނެގުމަށް އެހީތެރިވުމުގެ އިތުރުން ފޮޓޯގެ ކޮލިޓީވެސް ރަނގަޅުވާނެއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ވާވޭއިން އެމީހުންގެ ނޯވާ ސީރީސްގެ އެންމެ ފަހުގެ ފޯންކަމުގައިވާ ނޯވާ 4 ، ފްރޮންޓްގައި ޕިންހޯލް ކެމެރާއަކާއި އަދި 48 މެގަޕިކްސެލްގެ ކެމެރާއެއް ބެކްގައި ހިމަނައިގެން ނެރުމަށް ތައްޔާރުވަމުންމިދާ ދަނޑިވަޅުގައި ސެންސަންގްއިން ތަފާތު ގިނަ ބަޔަކަށް ކަމުދާނެ ފޯނެއް ނެރުމަކީ މާކެޓްގެ އެންމެ މަތީގައި އޮތުމަށް ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއްކަމަށް ސެމްސަންގެ ފޭނުން ބުނެއެވެ.

ޓެގް
އިތުރަށް ދައްކާ

އެއް ޚިޔާލު

ޚިޔާލު ފާޅުކުރައްވާ

މިލިޔުމާ ގުޅޭ ލިޔުންތައް

Close
Close