ޚަބަރު އިންޑިއާއިން ރާއްޖެއަށް އަނެއްކާވެސް 100 މިލިއަން ޑޮލަރުގެ ލޯނެއް !

އިންޑިއާއިން ރާއްޖެއަށް އަނެއްކާވެސް 100 މިލިއަން ޑޮލަރުގެ ލޯނެއް !

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް, އިންޑިއާއިން ރާއްޖެއަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އަނެއްކާވެސް ދީފިއެވެ.


މި ފައިސާ ހަވާލުކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ހަފުލާއެއް ބާއްވާފައިވާއިރު، ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ފައިސާއަކީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިލެއްވުމުގެ މަތިން އިންޑިޔާއިން ދިން އެހީއެކެވެ.

އެ ފައިސާއަށް ރައީސް އެދިލެއްވީ މިއަހަރުގެ އޮގަސްޓް މަހު، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށް ފަހުގައެވެ.

އިންޑިއާއިން އެ 100 މިލިއަން ޑޮލަރު ދެނީ އެސްބީއައިއަށް ދޫކުރާ ޓްރެޝަރީ ބޮންޑް ސޭލްއެއް މެދުވެރިކޮށެވެ. ފޮރިން މިނިސްޓްރީން ބުނީ އެ ފައިސާއަށް އިންޑިއާގެ ސަރުކާރުން އެސްބީއައިއަށް ސޮވެރިން ގެރެންޓީ ދީފައިވާ ކަމަށެވެ.

އެ ފައިސާގެ ރަމްޒީ ލިޔުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.