ޚަބަރު ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް: ހީނާ

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް: ހީނާ

ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް: ހީނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަސްމާލެ މަޝްރޫޢަކީ ހަމައެކަނި ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ލިބޭނެ މަޝްރޫޢެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބިޔަ ބޭރުގެ އިންވެސްޓްމަންޓް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރަސްމާލެ މަޝްރޫޢާ ބެހޭގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންދާތީ އެކަމަށް ރައްދު ދެއްވަމުން ހީނާ ވަނީ މައިގަނޑު ދެ ނުކުތާއަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީއެއް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ ބިމުގެ އަގުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށާއި، އެއީ 3 ބިލިއަން ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ކަމަށް ހީނާ ވިދާޅުވިއެވެ. މީގެއިތުރުން، މިއިން ކޮންމެ ޕްރޮޕަޓީއަކުން ހިންގާ ކޮންމެ ޓްރާންސެކްޝަނެއްގެ 4 އިންސައްތައިގެ ފީއެއް ސަރުކާރަށް ދައްކަންޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ މީގެ ކުރިން ރާއްޖޭގެ ބިމެއް ނުވަތަ ފަޅެއް މިފަދަ ގޮތަކަށް މަޝްރޫޢުތައް ހިންގަން ދިގު މުއްދަތަށް ދޫކުރިއިރު ޢަމަލުކުރި ގޮތާ ޚިލާފަށް، ސަރުކާރަށާއި ރައްޔިތުންނަށް ފައިދާވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ހީނާ ވިދާޅުވިއެވެ. މީގެ ކުރިން މިފަދަ ތަންތަނުން ލިބުނީ ބިމު ކުލި އެކަނި ކަމަށާއި، އެފަދަ ތަންތަނުގައި ކުރާ ކިތަންމެ ބޮޑު ވިޔަފާރިއެއް ކަމަށް ވިޔަސް އޭގެ ފައިދާ ސަރުކާރަކަށް ނުވަތަ ރައްޔިތުންނަކަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއްފަހަރު ލިބޭ ކުޑަ ފައިދާއަކަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ މަންފާ ގޯސް ކަމަށް ދައްކަން އުޅުމުން ވާހަކައިގެ ދެކޮޅު ނުޖެހޭކަން ސާފުވާ ކަމަށްވެސް ވިދާޅުވިއެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުން ހީނާ ފާހަގަކުރެއްވީ ޒަޔަނިސްޓުންނާ ދެކޮޅަށް އެންމެ ވަރުގަދަ ނިންމެވުމެއް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމެވެ. އެގޮތުން އިސްރާއީލުގެ ޕާސްޕޯޓް ބޭން ކުރެއްވީވެސް ރައީސް ޑރ. މުޢިއްޒު ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ރާއްޖެއިން ދަނީ ޒަޔަނިސްޓުންނާ ދެކޮޅަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން އަޑު ނުއުފުލާ މިންވަރަށް އަޑުއުފުލަމުން ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން ޔަހޫދީންނާ ގާތްގުޅުން ބާއްވައި، އެފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް ފާޅުގައި ގޮވާލި ފަރާތްތަކުން ދައްކާ ވާހަކަތަކާމެދު ވިސްނާލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ އެކިއެކި ބޭފުޅުން މުޅިން އޮޅޭގޮތަށް ވާހަކަދެއްކެވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ހީނާ ވިދާޅުވިއެވެ. ޚާއްޞަކޮށް ޓޫރިސްޓް ރިސޯޓްތައް 99 އަހަރަށް ކުއްޔަށް ދެވޭގޮތަށް ޓޫރިޒަމްގެ ޤާނޫނު ބަދަލުކުރެއްވީ ކުރީގެ ރައީސުން ކަމަށްވާއިރު، ކަންކަން އޮޅޭގޮތަށް އެބޭފުޅުން ވާހަކަދެއްކެވުމަކީ އަމުދުން ޒިންމާދާރު ގޮތެއް ނޫން ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ޓެގް

ހީނާ ވަލީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.