ބޭރުދުނިޔެ ޖިންސީ އަނިޔާގެ ކަޅު ލިސްޓަށް އދ. އިން އިޒްރޭލު އިތުރުކުރުމުން ގުޓެރޭޒްއާ އޮންނަ ގުޅުންތައް ކަނޑާލަން ނިންމައިފި

ޖިންސީ އަނިޔާގެ ކަޅު ލިސްޓަށް އދ. އިން އިޒްރޭލު އިތުރުކުރުމުން ގުޓެރޭޒްއާ އޮންނަ ގުޅުންތައް ކަނޑާލަން ނިންމައިފި

ޖިންސީ އަނިޔާގެ ކަޅު ލިސްޓަށް އދ. އިން އިޒްރޭލު އިތުރުކުރުމުން ގުޓެރޭޒްއާ އޮންނަ ގުޅުންތައް ކަނޑާލަން ނިންމައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަނގުރާމަތަކާ ގުޅިގެން ހިންގާ ޖިންސީ އަނިޔާގެ އަމަލުތަކުގެ ސަބަބުން އދ. އިން އެކުލަވާލާފައިވާ ބްލެކްލިސްޓުގައި އިޒްރޭލު ހިމެނުމަށް ނިންމުމާ އެކު، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ އޮންނަ ހުރިހާ މުއާމަލާތްތަކެއް ހުއްޓާލާނެކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.

ގާޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ލާއިންސާނީ ޖިންސީ ގޯނާގެ އަމަލުތައް ހިންގާފައިވާކަން ބަޔާންކޮށް އދ. އިން ނެރުނު ރިޕޯޓަކަށް ރައްދުދެމުން، އެ ގައުމުން ވަނީ މި ނިންމުމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އދ.ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ފިރިހެނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިން ވެސް ހިމެނޭ ގޮތަށް ޖިންސީ އަނިޔާގެ 31 ހާދިސާއެއް ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ ތެރޭގައި ރޭޕްކުރުމުގެ އަމަލުތަކާއި، މަޖުބޫރުން އޮރިޔާންކުރުމާއި، އަދި އަބުރަށް ހުތުރުވާ ފަދަ ގޮތްގޮތަށް ހަށިގަނޑު ބަލައި ފާސްކުރުން ފަދަ ކަންކަން އިޒްރޭލުގެ ހަތިޔާރުއެޅި ސިފައިން ހިންގާފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އދ. އަށް ކަނޑައަޅާފައި ހުންނަވާ އިޒްރޭލުގެ ސަފީރު ޑެނީ ޑެނަން މި ތުހުމަތުތައް ދޮގުކުރައްވަމުން ވިދާޅުވީ މިއީ ބޮޑު ޖޯކެއް ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އދ.ގެ މަންދޫބުންނަށް ދައުވަތު އެރުވުމުން ވެސް އެ ބޭފުޅުން އެދެވޭ ގޮތެއްގައި ޒިޔާރަތް ކުރައްވާފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި ވާހަކަތަކަށް ރައްދުދެމުން އދ.ގެ އޮފިޝަލަކު ވިދާޅުވީ، މިފަދަ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދަން ތަކުރާރުކޮށް އެދުމުން ވެސް، އެ ގައުމުން އެއްވެސް އަސާސީ ޖަވާބެއް ދީފައިނުވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން މިދިޔަ އަހަރު އެކަނިވެސް ޖިންސީ އަނިޔާގެ 10,000އެއްހާ މައްސަލަ ރެކޯޑުކުރެވިފައިވާ އިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. މި ބްލެކްލިސްޓުގައި ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާ ވެސް ކުރިން ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ޓެގް

ގުޓަރޭސް އިސްރާއީލް އދ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.