ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އައު ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކުރިން ނިންމަވާފައި އޮތީ މިއަދު މެންދުރު 13:00 ގައި މި ޖަލްސާ ބޭއްވުމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ފަހުން ވަނީ ޖަލްސާގެ ވަގުތަށް ބަދަލު ގެނެސް، ދެން ޖަލްސާއެއް އޮންނާނީ މާދަމާކަން ކަށަވަރުކޮށްދީފައެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި އަޙްމަދު ނާޒިމް މިއަދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދިކަމުގެ ތުހުމަތުގައި މި މަހުގެ 14 ވަނަ ދުވަހުއެވެ.
މާދަމާ ބާއްވާ ޖަލްސާގައި މަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށްދާނެއެވެ. ނާޒިމް ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި، އޭނާ މަސައްކަތް ކުރެއްވީ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...