ޚަބަރު މާލީ ނިޒާމަށް ހަރުދަނާ އިސްލާހުތަކެއް ނުގެނެސް އިގުތިސޯދު ހަމައަކަށް ނޭޅުވޭނެ: ޔާމީން

މާލީ ނިޒާމަށް ހަރުދަނާ އިސްލާހުތަކެއް ނުގެނެސް އިގުތިސޯދު ހަމައަކަށް ނޭޅުވޭނެ: ޔާމީން

މާލީ ނިޒާމަށް ހަރުދަނާ އިސްލާހުތަކެއް ނުގެނެސް އިގުތިސޯދު ހަމައަކަށް ނޭޅުވޭނެ: ޔާމީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުން އެކަނި އިގުތިސޯދީ މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމަށާއި، ކުރިއަށް އޮތީ މާލީ ގޮތުން ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާކެޓުގައި ދިވެހި ރުފިޔާ ގިނަވުމުން އިންޓްރެސްޓް ރޭޓަށް ބަދަލު ގެނެސްގެން ފައިސާ ކޮންޓްރޯލް ކުރަން އުޅުމަކީ މައްސަލައިގެ އަސްލު ހައްލެއް ނޫން ކަމަށެވެ. އަދި އެމްއެމްއޭ އިން ވަގުތީ ފިޔަވަޅުތަކެއް އެޅި ނަމަވެސް، އިންވެސްޓް ކުރަން ފައިސާގެ އަގު ބޮޑުވެގެން ދިއުމަކީ އިގުތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރިސޯޓްތަކަށް ލިބޭ އާމްދަނީން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، ރިސޯޓްތަކަކީ ބޮޑެތި ލޯނުތައް ނަގައިގެން އިންވެސްޓްކޮށްފައިވާ، މާލީ ބޮޑެތި އިލްތިޒާމްތަކެއް އޮތް ތަންތަން ކަމަށް ވިދާޅުވިއެވެ. އިގުތިސޯދީ ހާލަތަށް ބަލައިނުލައި ގާނޫނުތަކުގެ ތެރެއިން ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން އުޅުމުން ނުކުންނާނީ ނުކިއްސަރު ނަތީޖާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރަށް ގިނަ އަދަދަކަށް ޑޮލަރު ވަންނަމުންދިޔަ ނަމަވެސް، މައްސަލައަކީ އެ ފައިސާ ރަނގަޅަށް މެނޭޖް ނުކުރެވުން ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މުދަލުގެ އަގު ތިރިވެ، ޑޮލަރުގެ އަގު ހެޔޮވާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ޓެގް

ރައީސް ޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.