ނަރަވެލި އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ނާކާމިޔާބުވެ، މެދުއިރުމަތިން ފޭބުމަށް އެމެރިކާ އަސްކަރިއްޔާއިން ވިސްނަނީ

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ނާކާމިޔާބުވެ، މެދުއިރުމަތިން ފޭބުމަށް އެމެރިކާ އަސްކަރިއްޔާއިން ވިސްނަނީ

އީރާނާ ދެކޮޅަށް ކުރި ހަނގުރާމަ ނާކާމިޔާބުވެ، މެދުއިރުމަތިން ފޭބުމަށް އެމެރިކާ އަސްކަރިއްޔާއިން ވިސްނަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފާރިސްކަނޑުގެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު އެމެރިކާގެ އަސްކަރީ ޖެނެރަލުންނަށް ކުރިމަތިލާން ޖެހިފައިވަނީ ހިތި ހަގީގަތަކާއެވެ. އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ގިނަ އަދަދެއްގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވާން ފަށައިފިނަމަ، އެތަންތަނުގައި ތިބި ސިފައިން މަރުވެ، އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި އަސްކަރީ ވަސީލަތްތައް ސުންނާފަތިވެގެންދާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ ބޮޑުވެފައެވެ.

މިފަދަ ބޮޑެތި ގެއްލުންތަކާއި ލަދުވެތި ނާކާމިޔާބީތަކުން ސަލާމަތްވުމަށްޓަކައި، ހަމަލާތައް ހުއްޓުމަކަށް އައުމާއެކު މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ މިންވަރު ބޮޑުތަނުން މަދުކުރުމާ ގުޅޭގޮތުން އެމެރިކާގެ އަސްކަރީ އަދި ޖާސޫސީ އިސް އޮފިޝަލުން އަންނަނީ ސިއްރިއްޔާތުގައި މަޝްވަރާކުރަމުންނެވެ.

މެދުއިރުމަތީގައި ހުރި އެމެރިކާގެ އިންސްޓްލޭޝަންތަކަށް އީރާނުން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ހަލާކުވެފައިވާ ބައެއް ތަންތަން އަލުން މަރާމާތު ނުކުރުމަށްވެސް އެމެރިކާއިން ދަނީ ވިސްނަމުންނެވެ.

އީރާނުގެ ހަމަލާތައް ދިފާއުކުރުމުގައި އެމެރިކާގެ ދިފާއީ ނިޒާމުތައް އެކަށީގެންވާ ވަރަށްވުރެ ބަލިކަށިކަން ސާބިތުވެފައިވާތީ، މެދުއިރުމަތީގައި ހުރި ބައެއް މުހިންމު އަސްކަރީ ވަސީލަތްތައް ބިމުގެ އަޑިއަށް ބަދަލުކުރުމުގެ ފުރުސަތު އޮތްކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، އިތުރު ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ސީއައިއޭ އާއި ޚާއްސަ ކޮމާންޑޯ ފައުޖުތައް އެ ސަރަހައްދުން ބޭލުމަށް އޮފިޝަލުން ދަނީ ރާވަމުންނެވެ. މި ބަދަލާއެކު މި ފައުޖުތައް މެދުއިރުމަތީގައި ދާއިމީކޮށް ތިބުމުގެ ބަދަލުގައި، ވަކިވަކި ޚާއްސަ މިޝަންތަކަށް އެކަނި ފޮނުވުމަށްފަހު ވަގުތުން އަނބުރާ ގައުމަށް ގެންދާ ގޮތަށް ހަމަޖެހިގެންދާނެއެވެ.

ޕެންޓަގަންގެ އިސް އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، ގަލްފު ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރު ކުޑަކުރުމަށްފަހު، އެމެރިކާއަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އެ ގައުމާ ގުޅުން އޮންނަ އަރަބި ގައުމުތަކުން އަމިއްލައަށް ދިފާއީ ކަންކަން ބެލެހެއްޓުމަށް ބާރުއެޅުމަކީވެސް މިހާރުގެ އަމާޒެކެވެ.

ޓެގް

އީރާން ހަނގުރާމަ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.