ޚަބަރު ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފި

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެނުވާނެ ފަދަ ބިޔަ މަޝްރޫއެއްގެ ގޮތުގައި، ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ތަރައްގީކުރުމުގެ މަސައްކަތް ޔޫއޭއީގެ މަޝްހޫރު “އީގަލް ހިލްސް” ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ދުބާއީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާއެކު ސޮއިކުރެއްވީ، އީގަލް ހިލްސްގެ ބާނީ އަދި ޗެއާމަން މުހައްމަދު އަލާއްބާރެވެ. މި ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި ވޯޓަރފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަރައްގީކުރަމުން އަންނަ، އަދި ބުރްޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރ ޕްރޮޕަޓީސްގެ ބާނީގެ އަމިއްލަ ކުންފުންޏެވެ.

މާލޭ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމުގެ އަމާޒުގައި ފުށިދިއްގަރުފަޅުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މަތީ ފަންތީގެ ރިސޯޓުތަކުގެ އިތުރުން ބްރޭންޑެޑް ރެޒިޑެންސްތަކާއި ޒަމާނީ މެރީނާއެއް ގާއިމުކުރެވިގެންދާނެއެވެ.

މީގެއިތުރުން ހިތްގައިމު ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ދުނިޔޭގެ ފެންވަރުގެ ރެސްޓޯރެންޓްތަކާއި ވިޔަފާރި މަރުކަޒުތައް އަދި ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމަށް ހާއްސަ ތަފާތު ވަސީލަތްތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ އިންވެސްޓްމަންޓުގެ ސަބަބުން، މަޝްރޫއުގެ މުޅި ދައުރުގެ ތެރޭގައި ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސާދަށް ވަންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި އިންވެސްޓްމަންޓާއެކު ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާއިރު، މަޝްރޫއު އެއްކޮށް ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރަސްމާލެއަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވެއެވެ. އަދި މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއަށް ލިބޭ އާމްދަނީއަށް އަހަރަކު 2 ބިލިއަނަށް ވުރެ ގިނަ ޑޮލަރު އިތުރުވެގެންދާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.

 

ކޮޕީރަ

ޓެގް

ރަސްމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.