ޚަބަރު ފެނަކަގެ ހުރިހާ ސްޓޭޝަނެއް އަންނަ މަހުގެ ނިޔަލަށް ސްޓެލްކޯއާ ހަވާލުކުރެވޭނެ: އަފީފް

ފެނަކަގެ ހުރިހާ ސްޓޭޝަނެއް އަންނަ މަހުގެ ނިޔަލަށް ސްޓެލްކޯއާ ހަވާލުކުރެވޭނެ: އަފީފް

ފެނަކަގެ ހުރިހާ ސްޓޭޝަނެއް އަންނަ މަހުގެ ނިޔަލަށް ސްޓެލްކޯއާ ހަވާލުކުރެވޭނެ: އަފީފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ ސްޓޭޝަނެއް އަންނަ މަހުގެ ނިޔަލަށް ސްޓެލްކޯއާ ހަވާލުކޮށް ނިންމާލެވޭނެ ކަމަށް، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.

ރައީސް މުއިއްޒު މި ނިންމެވުން ނިންމެވީ ފެނަކައިގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، ކޮރަޕްޝަންގެ އެކި މައްސަލަތަކާ ހެދި ކުންފުނި ބަނގުރޫޓުވުމުގެ ހާލަތަށް ގޮސްފައިވާތީއެވެ. މި ނިންމެވުން އިއުލާން ކުރެއްވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ.

މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަފީފް ވިދާޅުވީ، ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ މަސައްކަތް ޚާއްސަ ޝެޑިއުލެއްގެ ދަށުން ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އަމާޒަކީ އަންނަ ރޯދަ މަހުގެ ކުރިން ފެނަކައިގެ ހުރިހާ ޚިދުމަތްތަކެއް އެއްކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މުވައްޒަފުންނާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަފީފް ވަނީ ޔަގީންކަމެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، މި މަރުހަލާގައި އެއްވެސް މުވައްޒަފަކު ފެނަކައިން ވަކިނުކުރާނެ ކަމަށާއި، ކުންފުނީގެ ހުރިހާ މުދަލަކާއި މުވައްޒަފުން ވެސް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާނެ ކަމަށެވެ.

ފެނަކައަކީ 8000 އަށްވުރެ ގިނަ މުވައްޒަފުން ތިބި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. މީގެ ކުރިން، މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ހުޅުވާލި އިރު، 107 މުވައްޒަފަކު ވަނީ އެ ފުރުސަތުގެ ބޭނުންކޮށް، ކުންފުނިން ވަކިވެފައެވެ.

ޓެގް

ފެނަކަ ކޯޕަރޭޝަން ސްޓެލްކޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.