ނާނު އަތޮޅު ތަރައްގީގެ ޖޯލިފަތި

އަތޮޅު ތަރައްގީގެ ޖޯލިފަތި

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

            ކަމެއްވުން އެއީ އޭގެ ޒާތުގައި ހިނގާކަމެއްގެ ގޮތުގައި އޮތަސް، ކަމެއް ކުރުން ބިނާވަނީ ކޮންމެވެސް މީހަކު ކުރާހިޔާލެއްގެ މައްޗަށެވެ. ނުވަތަ އެކަމެއް ކާމިޔާބުވުން އެކުލެވެނީ އެކަމެއްގާ ބައިވެިރިވާ މީސްމީހުންގެ ހިޔާލު ހުރިގޮތެއްގެ މައްޗަށެވެ. ގައުމެއްވިއަސް އަދި ރަށެއްވިއަސް އެބަޔަކު ތަރައްގީ އެއްފަސްކުރި ގޮތަކަށް މެނުވީ އެކަމެއް ވެގެން ނުދާކަމީ ދުނިޔެ ދައްކާފައިވާ ހަގީގަތެވެ.

            ޒަމާންތަކެއް ވަންދެން އެ ގޮތެއްގައި މިރާއްޖެ އޮތުމަށްފަހު މިއަދު މިރާއްޖޭގެ ރައްތަށް ރައްޔިތުން ތަރައްގީ އެއްފަސްކުރަން އެދޭގޮތަކަށް އެރަށެއް ތަރައްގީ ކޮއްދެއްވުމަށް ސަރުކާރުން އެވަނީ އަމާޒުހިފާފައެވެ. މިއީ އުފާވެރި ހަބަރެކެވެ.

            ރާއްޖޭގެ އަސްދަޑިން އެތެރެއައް ތަރައްގީގެ އޮއިވަރު ނުވަދެ، ވަސީލަތްނެތް، ދޫނިބިސްއަޅާ ހުރާގަޑު ތަކެއްގެ ގޮތުގައި މި ރާއްޖެގެ ރައްތައް އޮންނަތާ މިހާރު މިވަނީ އެތައްޒަމާނެއް ވެފައެވެ.

            ނ.އަތޮޅުގެ ރައްޔިތުންގެ ފިކުރާ ވިސްނުން ބަރަވެލި ކަނޑުން ރާއްޖޭގެ މަލައޮބާ ހިސާބައް ބޭރައް ނުކުތީތީވެ، މިރާއްޖޭގެ ޒަމާންވީ ބޯދާ ދިރިއުޅުން ދޫކޮށް ދުނިޔޭގައި އެހެންވެސް އިންސާނުން ދިރިއުޅެމުން ގެންދާ ތަހުޒީބީ ޒަމާނީ ވަންތަ  ތަރައްގީ އެއްފަސް ކުރެވިފައިވާ ޖަޒީރާ ދިވެހިރާއްޖެއަކަށް ދިއުމަށް އެދަނީ ތައްޔާރު ވަމުންނެވެ. އާދެ ޖަޒީރާ ދިވެހިރާއްޖޭގެ ” އަތޮޅު ތަރައްގީ ޖޯލިފައްޗަށް ” އަޅުގަނޑާއެކު ތިޔައެންމެ ބޭފުޅުންނަށް މަރުހަބާއެވެ. އަލުގަނޑުގެ މިލިޔުމުން ތިޔަބޭފުޅުންނަށް،ސަރުކާރުން ވިލަރެސްކުރާ އަތޮޅު ތަރައްގީގެ ހޮޅުއައްޓަށް ގެންދެވޭނެ ފިކުރެއް ނުވަތަ ހިޔާލެއް ވިއަސް ލިބިއްޖެނަމަ އަޅުގަނޑު ކުރަންމިއުޅޭ ކަންތަކުގެ ބޭނުން ފުދުނީއެވެ.

ނ.އަތޮޅު ތަރައްގީގެ ޙިޔާލީ ނާރެސް  

          ނ.އަތޮޅުގެ ތަރައްގީ އެއްފަސް ކުރުމާއި ގުޅޭގޮތުން ރަށެއް ނަގާނަމަ އަޅުގަނޑަށް މިވަގުތު ނެގެން އަންނަނީ ނ.މާފަރެވެ.

ސަބަބު ނެތިއެއްނޫނެވެ. ނ.މާފަކީ ނ.އަތޮޅުގެ މެދުނޫނަސް މިވަގުތު ނ.އަތޮޅުގައި ހަދަމުންދާ ބައިނަލް އަގުވާމީ އެއަރޕޯރޓް އޮތްރަށެވެ. އަދި މީގެ އިތުރުން ދުނިޔޭގެ ނިސްބަތުން އެންމެ އަގުބޮޑު ރިޒޯޓްތަށްވެސް ގުޅިލައިމެހިގެން ދަނީ ނ.މާފަރާއެވެ.

           ނ.މާފަރަކީ އެތައްހާސް މީހުންގެ އާބާދީއެއް ސަކޭގާ ކޮށްލެވޭ ވަރުގެ ބިންއޮތް، ބިން ހިއްކާފަ އެތައްހާސް ގޯތި ކަނޑާފަ ދެވޭވަރުގެ ބޮޑުރަށެކެވެ. އެހެން ކަމަށްވުމުން ނ.މާފަރު ވެގެންދާނީ ނ.އަތޮޅުގެ ތަރައްގީގެ ނާރެހަކަށެވެ.

            ސަރުކާރުން ނ.އަތޮޅުގައި ހިންގާ ޒަމާނީ  ތަރައްގީ ވަށާޖެހޭއިރު ކަރަންޓާ، ބޯފެނާ، އިންޓަރނެޓް ބޭނުންކުރާ ސަބުމެރިން ކޭބަލުތަކުގެ މައިވިއުގަރ ގާއިމް ކުރެވިގެން ދާން އެންމެ ރަނގަޅު ރަށަކީވެސް ނ.މާފަރުގައެވެ. އަދި ދިވެހިރާއްޖޭގެ ” މެދު އުތުރު ސަރައްހައްދީ ކޮމާށަލް ހާބަރ” ހެދުމުގެ އެންމެ ފުރުސަތުބޮޑީވެސް ނ.މާފަރުގައެވެ. އަދި ދުނިޔޭގެ ނިސްބަތުން އެންމެ އަގުބޮޑު މަސްހޫރު ބުރޭންޑް ތަކުގެ ރިސޯޓްތައް ނ.އަތޮޅުގައި ހުރުމާއި އެކު ބައިނަލް އަގުވާމީ ޔޮޓް މުބާރާތްތައް ބޭއްވޭ ފެންވަރުގެ ޔޮޓްމެރިނާއެއް ފަރުމުއްޔާ އިންވެގެން ހެދުމަކީ އެހާދަތި ކަމަކަށް ނުވާނެއެވެ. އަދި ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެބޮޑެތި ޕަސެންޖަރލައިންތަށް ބަދަރު ކޮށްލެވޭ ވަރުގެ ބަދަރެއް ހެދުމުގެ ފުރުސަތުވެސް ނ.މާފަރުގެ ހުވަފެނީ ލޭންޑް ޔޫސް ޕުލޭނުން ފާހަގަ ކުރެވެއެވެ.  

            މިދެންނެވި ގޮތްތަކަށް ނ.އަތޮޅުގެ ތަރައްގީ ވަށާޖެހިގެންދާއިރު ނ.މަނަދުއާއި، ނ.މާފަރު އޮންނަންޖެހެނީ “ކަނޑުއަޑީގެ” މަގަކުން ގުޅާލެވިފައެވެ. އަދި ނ. މާފަރާއި ނ.ލަންދޫ އަދި މަޅެންދޫވެސް މިދެންނެވިގޮތަށް އޮންނަންޖެހޭނީ ކަނޑުއަޑީގެ މަގަކުން ގުޅި ލައިމެހިފައެވެ. މިލަނޑުދަނޑި ހާސިލް ކުރެވެއްޖިއްޔާ ނ. މާފަރު ވެގެންދާނީ މިރާއްޖޭގެ މެދުއުތުރު ސަރަހައްދުގެ ވެރިރަށަށެވެ. މިޒޯނުގަ ލަންދޫ، މާޅެންދޫ އަދި ކެނދިކުޅުދޫ މި ހިމަނަނީ މިތިންރަށަކީ “ފަޅުގޮވާމާ / ކުޅިގޮވާން” ކުރެވޭގޮތަށް ގުދުރަތީ ގޮތުން އުފެދިފައިވާ ތިންރައްކަމަށްވާތީއެވެ.

             މިހާ ފުލާދާއިރާއެއްގައި ނ.މާފަރުގެ ތަރައްގީ އެއްފަސް ކުރެވިގެން ދާއިރު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުންނާނީ ނ.މާފަރާއި ގުޅި ލައިމެހިހައެވެ. އެހެންވުމުން އަތޮޅުތެރޭގައި ބޭނުންކުރާ ފެރީތައް ވެގެން ދާންޖެހޭނީ އެމީހެއްގެ ރަށުން ފުރައިގެން ހެދުނު ވަޒީފާއަށް އާދެވޭފަދަ ބާރުސްޕީޑެއް އެކުލެވޭ ” ހޯވަރ ކޮރާފްޓް” ނުވަތަ މެގަސްޕީޑް” އުޅަދުފަހަރުފަދަ ފެންވަރުގެ ހާއްސަ އުޅަނދު ތަކަކަށެވެ.

  އޯޝަން ކުރޭބް އިންޑަސްޓްރިރަލް ވިލެޖް (ނ.ވިހަފަރު)

             ޖޯގުރަފިކަލް ގޮތުން ނ.ވިހަފަރު އޮންނަނީ ނ.ވެލިދޫ އާއި ޖެހިގެން ބަރަވެލި ކަނޑައް އަނގަމަތިވާ ގޮތައް ނ.އަތޮޅުގެ އެންމެ ދެކުނު ދުނީގައެވެ. ވިހަފަރު ކީނަމަވެސް މިއީ ފަރައްވުރެ ފަޅުބޮޑު ތަނަކަށް ވުމުން ހިއްކައިގެން ނޫނީ ބޭނުން ނުކުރެވޭނެ ތަނެކެވެ. ވިހަފަރު ނ.ވެލިދުއާއި އިންވެގެން  އޮންނަ ތަނަކައްވާތީ ނ.އަތޮޅުގެ ހުވަފެނީ ތަރައްގީގެ ނާރެހާ ގުޅުވައިލެވޭ ދެވަނަ ތަނަކީ އޯޝަން ކުރޭބު އިންޑަސްޓްރިއަލް ވިލެޖްއެވެ.

             ނ.ވިހަފަރަކީ ޒަމާނުންސުރެ ނ.ވެލިދޫ ރައްޔިތުންގެ ވިންދާ އިހުސާސް ފިސާރި ބޮޑައް ގުޅިފައިވާ ތަނެކެވެ.  ނިމިދިޔަ ރައީސް ނަޝީދުގެ ވެރިކަމުގައި އެއަރޕޯޓެއް އެޅުމަށް ވެލިދޫ ރައްޔިތުން އެތަށް މަސައްކަތެއްކޮށް ކާމިޔާބު ނުވެފައިވާ ތަނެކެވެ. މިކަން މިހެން އޮތަސް ނ.މާފަރުގައި ބައިނަލް އަގުވަމީ އެއަރޕޯޓެއް ހަދަމުންދާތީ ނ.އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމަކީ ވިއާފާރީގެ ގޮތުން ޕީސިބުލް ކަމަކަށް ނުވާނެތީ މިވާހަކަ ބާއްވަމާ ހިންގަވާށެވެ.

           ނ.އަތޮޅުގައި އިންޑަސްޓްރިއަލް ޒޯނެއްހެދުމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ނަގަންޖެހެނީ ނ.ވިހަފަރެވެ. ނ.ވެލިދުއާއި އިންވެގެން އޮންނަ ތަނަކަށްވާތީ، ނ.ވެލިދޫ ރައްޔިތުންނަކީ މިފަދަ ޒަމަނީ ތަރައްގީއަށް ލޯހުޅުވި، ކުރިއަރާފައިވާ މަސައްކަތްތެރި ބަޔަކަށްވުމުން ނ.ވިހަފަރު އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ތަރައްގީ ވެގެން ދާއިރު، ނ.ވެލިދޫ ރައްޔިތުންގެ ފިކުރާ ވިސްނުން ހިމެނެން ޖެހޭނެ ކަމުގައި ގަބޫލްކުރެވެއެވެ.

           ނ.ވިހަފަރު ތަރައްގީ ކުރެވިގެންދާއިރު ކުރެވިދާނެ ބޮޑެތި ސިނާއީ މަސައްކަތް ތަކުގެ ތެރޭގައި މުޅި އަތޮޅަށް އެއްވިއުގައިން ގުޅައިޅެވޭ ކައްކާ ގޭސްޕުލާންޓާ، އަތޮޅުގެ ހުރިހާރަށަކަށް ސަޕްލައިކުރާ ތެލުގެ ބާވަތްތަކާއި، ސްލިޕްވޭތަކާއި، އޮޑި ބޯއްޓު ފަހަރު ބަންނަ ހަރުގެ ތަކާއި، މީހުންނާއި ދުރުގައި ކުރަންޖެހޭ މިފަދަ ހުރިހާ މަސައްކަތެއް ކުރެވޭ ވަރުގެ ލޮޖިސްޓިކް އެރިއާއެއް ނ.ވިހަފަރު ހުވަފެނީ ޗާޓުން ފެންނަން އެބައޮތެވެ.

            ނިންމައިލަމުން އަދި ދެތިންވާހަކައެއް ލިޔެލާނަމެވެ. ނ.އަތޮޅުގެ ތަރައްގީ އެއްފަސްކުރުމަށް އެއްޗެއްލިޔާނަމަ ނ.ވެލިދޫގެ ވާހަކަ ނުލިޔެ ދޫކޮށްލެވޭނެ އެއްވެސް ގޮތެއްނެތެވެ. ކުރުކޮށް ބުނާނަމަ މިރާއްޖޭގެ ރައްތަކުގެ ތަރައްގީ ގާފިލް ކަމުގެ ނިދިން ނިދާފަ ވަނިކޮށް ނ.ވެލިދޫ ރައްޔިތުންގެ ތެރެއިން ހިވާގި ދެތިންމީހަކުވެގެން ސްލިޕްވޭތައް އަޅާ ބޭރުގެ މަހުޖަނުންނާއި ގުޅިގެން ބޮޑެތި އޮޑިދޯނިފަހަރު ބަނދެ ސަފާރީތައް އުފައްދާ ގެސްޓްހައުސް އަޅާ ތަރައްގީގެ ފިކުރު ދިވެހިރާއްޖޭގެ ރައްތަކައް ގެނުވީ ނ.ވެލިގޫދެ ހިތްވަރުގަދަ ދަރިންނޭ ދެންނެވުމަކީ ކުށަކައް ނުވާނެއެވެ.

             މިކަން މިހެންއޮތަސް ހިތާމަޔާއެކު ދަންނަވަންޖެހެނީ ނ.ވެލިދޫއައް އައި ތަރައްގީ ރާއްޖެއަށް ނަމޫނާއަކަށް ވެގެން ނުދިޔައީ ވެލިދޫ ޒުވާނުންގެ ތެރެއިން ގިނަކުދިން މަސްތުވާ ތަކެތީގެ ވަބާގައިޖެހި ރަށުތެރޭގައި ސިޔާސީ ހަލަބޮލިކަން ބޮޑުވެ، ރަށުއޮފީހުގައި ތިއްބެވި ވެރިން ސިޔާސީވެ ރަށުތަރައްގީގައި ރައްޔިތުން ބޭނުންވި މިންވަރަށް ރަށުއޮފިހުގެ އެއްބާރުލުން ” ހާމަކަން ބޮޑުގޮތެއްގައި” ލިބިފައި ނުވުމެވެ. ހިތާމަޔާއެކު ދަންނަވަންޖެހެނީ ނ.ވެލިދޫއިން ފެންނަންޖެހޭ ޖަޒީރާވަނައްތަ ރަށުތަރައްގީ އާއި ކުރިއެރުމާ ތަމުއްދުން މިއަދު ފެނިގެން އެދަނީ ކ.މާފުށިންނެވެ. ކ.މާފުއްޓަކީ ރަށުތަރައްގީގަ ދެވަނައެއްނެއް ހުރިހާގޮތަކުން ދިވެހިރައްޖެއަށް މިއަދު “ސުވާލެއްނެއް” ނަމޫނާ ރަށެކެވެ.

             އަޅުގަނޑުގެ އެދުމަކީ އަދި ދުއާއަކީ ނ.އަތޮޅު ތަރައްގީވެގެން ދާއިރު ތިޔައެންމެ ބޭފުޅުންނަށް ﷲ ހިޔޮބުއްދި ދެއްވާ، ހިޔޮގޮތް މިންވަރު ކޮށްދެއްވާ، އަމާންކަމާ، ތަނަވަސް ކަމައިެކު، އަމިއްލަ ފައިމައްޗަށް ތެދުވެހުރެ ތިމަންނާއީ ރަތްލާޖެހި ދިވެއްސެކޭ ބުނެލެވޭ ވަރުގެ ދުވަހެއް ދެއްކެވުމުވެ.              ( ނޯޓް: މި ލިޔުމަކީ 2030 އަށް އަމާޒުކޮށް  ލިޔެފައިވާ ހިޔާލީ ލިޔުމަކަށް ވާތީވެ، ކިޔާބޭފުޅުންގެ ބިނާކުރަނިވި ކޮމެންޓަކީ ސަރުކަރުން ބާއްވާ އަތޮޅު ތަރައްގީގެ ޖަޒީރާ ހޮޅުވައްޓަށް ވަޑައި ގަންނަވާ ބޭފުޅުންނަށް ކޮންމެހެން ބޭނުންވާނެ މައުލޫމާތެއް ކަމުގައި ނޫނީ ނުދެކެމެވެ. ވީމާ، ތިޔަ އެންމެ ބޭފުޅުންގެ ކޮމެންޓަށް އިންތިޒާރު ކުރާނެ ވާހަކަ ދަންނަވަމެވެ.) 

ޓެގް

ހޮޅުއަށި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.