ޚަބަރު މާލޭގައި ފެންބޮޑުވެގެން ގެއްލުންވި ފަރާތްތަކަށް ދިރާގުން ދީލަތި އެހީއެއް

މާލޭގައި ފެންބޮޑުވެގެން ގެއްލުންވި ފަރާތްތަކަށް ދިރާގުން ދީލަތި އެހީއެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާދަޔާ ޚިލާފަށް ގިނައިން ވާރޭވެހި މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވެ 160 ށްވުރެ ގިނަޢާއިލާތުގެ މީހުންނަށް އެކިވަރުގެ ގެއްލުން ލިބިފައިވާތީ އެއާއިލާތަކަށް އެހީތެރިވުމަށް ދިރާގުން 200،000 ރުފިޔާ އާއި، އެހެނިހެން އެހީތެރިކަން ވެދީފިއެވެ.

ދިރާގުން ބުނީ މި ކާރިސާގައި ގެއްލުންވި ފަރާތްތަކަށް އެހީވުމަށް އެ ކުންފުނިން 200،000 ރުފިޔާ ޑިޒާސްޓާ މެނޭޖްމަންޓަށް ހަދިޔާކޮށްފިކަމަށެވެ. އަދި މީގެ އިތުރުން އެމަޖެންސީ ހޮޓްލައިންގެ ކަންކަން ހަރުދަނާ ކުރަން ވެސް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައި ވާނޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

ދިރާގުގެ އެހީތައް ހަވާލުކުރުމަށް ރޭ ޑިޒާސްޓަރ ސެންޓަރުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު މާރިޔާ ވިދާޅުވީ ދިރާގުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެހީވެދިނުމަށް އިސްނެގީތީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާކަމުގައެވެ. އަދި ދިރާގުން ވެދިން އެހީތެރިކަން ނަމޫނާއަކަށް ބަލައިގެން އެހެން ފަރާތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުންމިފަދަ އެހީއެއް ދިނުމުގެ ބޭނުމަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީގެ އަތެއްދިއްކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ދެ އާއިލާއެއް ގެއިން ނިކުންނަން ޖެހުމަކީ ލިބޭވަރަށް ބޮޑު ދެރައަކާއި ތަކްލީފެއް ކަމަށެވެ. އަދި އިސްމާއިލް ވަނީ ދިރާގުން ވެސް އެއާއިލާތަކާ އެކު ތިބިކަން ހާމަކުރައްވައި ހަމްދަރުދީ ފާޅުކުރައްވައިފަ އެވެ.

ދިރާގަކީ ޤައުމަށް ދިމާވާ މިފަދަ ބޮޑެތި ކާރިޘާ ތަކުގައި ރައްޔިތުންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކަމުންދާ ކުންފުންޏެއްކެވެ. އަދި އިޖްތިމާޢީ ގޮތުންވެސް ގިނަގުނަ ހޭދަތަކެއް ކުރަމުންދާ ރައްޔިތުންގެ އިތުބާރާއި، ލޯބި ހޯދާފައިވާ ކުންފުންޏެކެވެ.

ޓެގް

ދިރާގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.