ޚަބަރު އިންވެސްޓަރުންނަށް ބޭނުންވާ ރައްކާތެރިކަމާއި، ޙިމާޔަތް ސަރުކާރުން ދޭނަން – ރައީސް

އިންވެސްޓަރުންނަށް ބޭނުންވާ ރައްކާތެރިކަމާއި، ޙިމާޔަތް ސަރުކާރުން ދޭނަން – ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭރުގެ އިންވެސްޓަރުންނަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަމާއި ހިމާޔަތް މި ސަރުކާރުން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އިންޑިއާގެ ބޮޑެތި އިންވެސްޓަރުންނަށް ރައީސް ޞާލިޙު ދެއްވައިފިއެވެ

އެ ޔަޤީންކަން ރައީސް ޞާލިޙް ދެއްވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ބައިވެރިއެއް ކަމަށާއި، އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެން އަންނައިރު އިޤްތިޞާދީ ގުޅުންވެސް ވަރުގަދަކުރުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެއަކީ މިސަރަޙައްދުގައި ވެސް އެންމެ ހަލުވި ދުވެލީގައި ކުރިއަރާ އެއް އިޤްތިޞާދު ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓުތައް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޢުމްރާނީ އެހެނިހެން ދާއިރާތަކުގައިވެސް ރާއްޖޭގައި އިންވެސްޓްމަންޓްތައް އެބަހުރި ކަމަށެވެ.

މި ފޯރަމްގައި ރައީސް ޞާލިޙު ވަނީ ރާއްޖެއިން އަބަދުވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާކިޔާ ކަމަށް ވިދާޅުވެފައެވެ.

މި ފޯރަމްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ޞާލިޙުގެ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ވިޔަފާރިވެރިންގެ އެންމެ އިސް ވަފްދުތަކާއި ބައްދަލުކުރައްވާ އެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް ދެޤައުމުގެ ވިޔަފާރިއަށްވެސް ހުރި ފަހި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޓެގް

ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.