ޚަބަރު އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އެބައޮތް- އަލީ ސޯލިހު

އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އެބައޮތް- އަލީ ސޯލިހު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއަށްއޮތް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް އެފުރުސަތު އެބައޮތް ކަމަށާއި، ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ޝައުގުވެރިކަން ހުރި މީހުން ކުރިއަށް އޮތް ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ޕާޓީގެ އޮފީހަށް ހުށަހެޅުމަށް ޖުމްހޫރީ ޕާޓީގެ 125 ވަނަ ކައުންސިލް ބައްދަލުވުމުގައި މިހާރު ނިންމާފައިވާނެކަމަށް އެޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލުމަށް ޖުމްހޫރީ ޕާޓީން ނިންމާފައި ނުވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުމުގެ މާނަ އޮޅޭ ގޮތަށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާތީ އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ މިހުޅުވާލުމަކީ ވަކި ދާއިރާތަކަކަށް ޖޭޕީން ކުރިމަތިލުން ނުވަތަ މަޖިލީހުގެ 87 ދާއިރާއަށް ޖޭޕީގެ ކެންޑިޑޭޓުން ކުރިމަތިލުން ކަމަށް ޖޭޕީގެ ކައުންސިލުން ނިންމުން ކަމަށެވެ. ޖުމްހޫރީ ޕާޓީން އަބަދުވެސް އަމަލުކުރާނީ މީގެ ކުރިން ޕާޓީތަކުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭޕީގެ އެނިންމުމަށް މަރުހަބާ ވިދާޅުވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ މަގު ތަނަވަސްކޮށްދެމުން ޖުމްހޫރީ ޕާޓީން 87 ދާއިރާއަށް ކެންޑިޑޭޓުން ނެރުމަށް ނިންމި ނިންމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ދާއިރާއެއް ފިޔަވާ ހުރިހާ ދައިރާއަކަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ މެންބަރުން ވަނީ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާފަ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި ރައީސް މައުމޫނާއި އަދާލަތު ޕާޓިން ނިންމާފައިވަނީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަޖިލީހަށް ކުރިމަތިލުމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އިއްތިހާދުގެ ހަތަރު ލީޑަރުން ވަނީ މިދިޔަ ހަފްތާ ބައްދަލުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގުޅިގެން ވާދަކުރެވޭނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރައްވާފަ އެވެ. ނަމަވެސް މިމަޝްވަރާތަކުގައި އެއްވެސް ނަތީޖާއެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ޓެގް

ޖޭޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.