ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅާ ބެހޭގޮތުން ސަރުކާރުން އަދި ވަކި ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ދަތުރުފުޅުގައި ސިންގަޕޫރުގައި އެމަނިކުފާނުގެ ދެކަނބަލުން ހޭދަކުރައްވާނީ ކިތައް ދުވަސް ކަމެއްވެސް ރައީސް އޮފީހަކުން ބުނެފައެއް ނުވެއެވެ.
އާންމު ގޮތެއްގައި ގައުމުގެ ވެރިން ކުރައްވާ މިފަދަ ނުރަސްމީ ދަތުރުފުޅުތަކަކީ އަމިއްލަފުޅު ކަންކަމުގައި ނުވަތަ ބޭސްފަރުވާއަށް ކުރައްވާ ދަތުރުފުޅުތަކެވެ.
މީގެ ކުރިންވެސް ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއްގައި، ސިންގަޕޫރުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި އެ މީހުންގެ ޙާލުއަޙުވާލު ބައްލަވާލައްވާފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...