ޚަބަރު ބަސް ދަތުރުތަކަށް ފީ ނަގަން ފަށައިފި

ބަސް ދަތުރުތަކަށް ފީ ނަގަން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިން ހަމަޖެހިފައިވާ އުޞޫލުގެ ދަށުން މިއަދުން ފެށިގެން މާލެއިން ހުޅުމާލެއަށް ކުރާ ބަސް ދަތުރު ތަކުން ފީނަގަން ފަށައިފިއެވެ. 1 ޖެނއަރީ 2019 ގައި ( މިއަދު ) ފީނަގަން ފެށިއިރު ފީއެއްގެ ގޮތުގައި ނަގަނީ ކޮޅަކަށް 10 ރުފިޔާއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ބަހުގެ ޚިދުމަތުން އަގު ނެގުމުގެ ހުއްދަ ސަރުކާރުން ދީފައިވުމާ ގުޅިގެން މިއަދުން ފެށިގެން ބަސް ދަތުރުތަކަށް އަގު ނަގަމުންދަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ “ޓަޗްލިންކް” ކާޑް މެދުވެރިކޮށް ކަމަށެވެ.

މިކާޑަކީ 20 ރުފިޔާއަށް ވިއްކާ ކާޑެއް ކަމަށާއި މިކާޑް މާލޭގައި ހުންނަ ބަސް ޓާމިނަލާއި، ހުޅުމާލޭގައި ހުންނަ މައި ބަސްޓޮޕުން ވިއްކާއިރު މި ކާޑަށް ބޭނުން އަދަދަކަށް ރީލޯޑް ކުރެވޭނެ ކަމަށްވެސް އެމްޕީއެލްއިން މައުލޫމާތުދެ އެވެ.

ދަތުރުވެރިން މިބަސްތަކުގައި ބޭނުންކުރާ ކާޑަށް ޚާއްސަ މެޝިންތައް ބަސް ޓަރމިނަލްތަކުގަ އާއި ބަސްތަކުގެ އެތެރޭގައި ވެސް ބަހައްޓާފައިވާއރު އެމްޕީއެލްއިން ބުނީ ސްކޫލް ޔުނިފޯމް ލައިގެން ބަހުގައި ދަތުރުކުރާ ދަރިވަރުންގެ އިތުރުން ތުއްތު ކުދިންގެ އަތުން އެއްވެސް އަގެއް ނުނަގާނެ ކަމަށެވެ. އަދި ބަހުގައި ދަތުރުކުރާ ފަރާތްތަކަށް ދަތި ނުވާނެހެން ކޮންމެ ދުވަހެއްގެ ފަތިހު 05:35 އިން ފަށައިގެން ކޮންމެ ފަސް މިނެޓަކުން ބަސް ދަތުރުތައް ކުރާނެ ކަމަށާއި މި ހިދުމަތް ދިނުމަށް ޖުމްލަ ނުވަ ބަސް ސްޓޮޕަކުން މީހުންނަށް އެރޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އެމްފީއެލުން މައުލޫމާތުދެ އެވެ.

މާލެއިން ހުޅުމާލެއަށް ކުރާ ބަސް ދަތުރުތަކަށް އެމްޕީއެލްއިން ޖުމްލަ 22 ބަސް ހިދުމަތައް ނެރެފައިވާއިރު މީގެތެރޭގައި ޑަބަލް ޑެކް އަށް ބަސް ހިމެނެ އެވެ. ޑަބަލް ޑެކް ބަހަކީ 90 އާއި 95 މީހުންގެ ޖާގައިގެ ބަހެކެވެ. ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ސިޓީ ބަސްތަކަކީ 60 އާއި 70 މީހުންގެ ޖާގައިގެ ބަސްތަކަކަށް ވާއިރު ކޯޗް ބަސްތަކަކީ 50 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މާލެއިން ހުޅުމާލެއަށް ކުރާ ބަސް ދަތުރުތަކުން މިއަދުން ފެށިގެން ކޮޅަކަށް 10 ރުފިޔާ ނަގަން ފެށިއިރު، ޓެކްސީ ދަތުރުތައް މާލެއާ ހުޅުމާލެއާ ދެމެދު ކުރަމުންދަނީ 100 ރުފިޔާ އަށެވެ. އަދި ބްރިޖުން ދަތުރުކުރާ އެހެން އުޅަނދުތަކުންވެސް ފީއެއް ނެގުމަށް ސަރުކާރުން ނިންމާފައިވާއިރު އަގުތައް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.

ޓެގް

ބަސްދަތުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.