ޚަބަރު ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރަނީ

ސިޔާސީ ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ރައީސް އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އަންނަ ހަފްތާއިން ފެށިގެން އާއްމުކުރާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސްގެ ވަޢުދުތައް ހާސިލުވި މިންވަރާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ނާއިބާ ވަޒީރުން ހިމެނޭގޮތަށް ރައީސް އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަލީ ބަޔާންތައް އަންނަ ހަފްތާއިން ފެށިގެން އާއްމުކުރައްވާނެކަމަށެވެ. އަދި މާލީ ބަޔާންތައް އާއްމުކުރާނީ މިފަދަ ކަންކަން ބަލަމުން އަންނަ އެންޓިކޮރަޕްޝަން ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ފަދަ ތަންތަނުގެ މަޝްވަރާގެ މަތިންކަމަށެވެ.

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަލީ ބަޔާންތައް އާއްމުކުރުމަކީ ސަރުކާރުގެ ރީޔާސީ ވައުދެކެވެ.

އަންނަ ހަފްތާއިފެށިގެން ރައީސް އޮފީހުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް އާއްމުކުރަން ނިންމާފައިވާއިރު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ހުރިހާ ފަރާތެއް ގެ މަލީ ބަޔާންތައް މި އަހަރު އާއްމުކުރާނެކަަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވިއެވެ.

ޓެގް

ރައީސްއޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.