ޚަބަރު ސިނަމާލެ ބްރިޖް ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި

ސިނަމާލެ ބްރިޖް ހައިވޭ މަތިން ކާރެއް ފުރޮޅާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިނަމާލެ ބްރިޖަށް ދާން އޮންނަ ހައިވޭ މަތިން މިއަދުގެ ވަރަށް ހެނދުނާ ކާރެއް ފުރޮޅާލައިފިއެވެ.

މިހާދިސާއާއި ބެހޭ ގޮތުން މާބޮޑު މައުލޫމާތެއް އަދި މީޑިއާއަށް ތިލަވެފައި ނުވިނަމަވެސް މައުލޫމާތު ލިބިފައިވާ  ގޮތުގައި މިހާދިސާ ހިނގާފައިވަނި މިއަދު ހެނދުނު 6:30 ހާއިރުއެވެ.  

ބައެއް ރިޕޯޓްތައް ބުނާގޮތުން މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހެނދުނު 07:50 ހާއިރު ކަމަށާއި މި ހާދިސާ ހިނގި އިރު ކާރުގައި އިނީ އެންމެ މީހެކެވެ.

އަދި އެމީހާއަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ކޮންޓްރޯލުން ނެއްޓި ގޮސް މަގު މެދުގައިވާ ރެއިލިންގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރު މިމައްސަލަ ފުލުހުން ބަލަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވިއެވެ.

ޓެގް

ބްރިޖް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.