ދީން އިޚްލާޞް ފަލަޤު އަދި ނާސް މި ތިން ސޫރަތް ނިދުމުގެ ކުރިން ކިޔަވަންވީ މިހެންވެގެންނެވެ.

އިޚްލާޞް ފަލަޤު އަދި ނާސް މި ތިން ސޫރަތް ނިދުމުގެ ކުރިން ކިޔަވަންވީ މިހެންވެގެންނެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިޚްލާޞް ފަލަޤު އަދި ނާސް މި ތިން ސޫރަތް ނިދުމުގެ ކުރިން ކިޔަވަންވީ ރައްކާތެރިކަން ލިބުމަށާއި ޚާއްޞަކޮށް ސިޙްރު، ހަސަދަ، އެސްފީނާ، ޝައިޠާނާ، ހުރިހާ ނުބައިތަކެތި، ހުރިހާ ނުބައިކަންތަކުން ރައްކާތެރިވުމަށެވެ.

ދަލީލު: عَنْ عَائِشَةَ: “أَنَّ النَّبِيَّ صَلَّى للهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ، ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا: قُلْ هُوَ اللَّهُ أَحَدٌ وَقُلْ أَعُوذُ بِرَبِّ الفَلَقِ وَقُلْ أَعُوذُ بِرَبِّ النَّاسِ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ ، يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ”. [رواه البخاري (5017)]

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެރެއަކު އެކަލޭގެފާނުގެ ދެއަތްތިލަ ކައިރިކުރައްވައި އެދެއަތްތިލައަށް ފުމެލައްވައި އެދެއަތްތިލައަށް قُلْ هُوَ اللَّهُ أَحَدٌ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ الْفَلَقِ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އަދި އޭގެ ފަހުގައި އެދެއަތްތިލަ އެކަލޭގެފާނުގެ ހަށިކޮޅުގައި އެ ދެއަތްތިލައިން އަތްކޭއްތޭ ހިސާބަކަށް ކާއްތާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ ބޮލާއި މޫނުން އަދި ހަށިގަނޑުގެ ކުރިމަތިންނެވެ. އެފަދައިން ތިންފަހަރު އެކަލޭގެފާނު ކަންތައްކުރައްވައެވެ.”

ހެނދުނާއި ހަވީރު މި ސޫރަތްތައް ކިޔެވުމަށްވެސް އައިސްފައިވެއެވެ.

عن عَبْدِ اللَّهِ بْنِ خُبَيْبٍ، أَنَّهُ قَالَ: “خَرَجْنَا فِي لَيْلَةِ مَطَرٍ، وَظُلْمَةٍ شَدِيدَةٍ، نَطْلُبُ رَسُولَ اللَّهِ صَلَّى للهُ عَلَيْهِ وَسَلَّمَ لِيُصَلِّيَ لَنَا، فَأَدْرَكْنَاهُ، فَقَالَ: ((أَصَلَّيْتُمْ ؟)) فَلَمْ أَقُلْ شَيْئًا، فَقَالَ: ((قُلْ))، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: ((قُلْ))، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: ((قُلْ))، فَقُلْتُ: يَا رَسُولَ اللَّهِ مَا أَقُولُ؟ قَالَ: ((قُلْ قُلْ هُوَ اللَّهُ أَحَدٌ وَالْمُعَوِّذَتَيْنِ حِينَ تُمْسِي، وَحِينَ تُصْبِحُ، ثَلَاثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ)) [رواه أبو داود (5082) وحسنه الألباني في “صحيح أبي داود”]

ޢަބްދުﷲ ބިން ޚުބައިބުގެ ކިބައިން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވިއެވެ. “ވިއްސާރަ ރެއެއްގައި ގަދަ އަނދިރީގައި އަހަރެމެންނައިގެން އިމާމުވެ ނަމާދުކުރެއްވުމަށްޓަކައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހޯދުމަށް އަހަރެމެން ނުކުތީމެވެ. އަހަރެމެން ރަސޫލާ ހޯދީމެވެ. އަދި އަހަރެމެންނަށް ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ނަމާދުކޮށްފިން ހެއްޔެވެ؟” އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. “ކިޔާ ށެވެ” އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. “ކިޔާށެވެ” އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އޭގެ ފަހުގައި ޙަދީޘްކުރެއްވިއެވެ. “ކިޔާށެވެ” އަހަރެން ބުނީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އަހަރެން ކިޔަންވީ ކޮންއެއްޗެއް ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “قُلْ هُوَ اللَّهُ أَحَدٌ އާއި ފަލަޤި ނާސް މި ދެ ސޫރަތް ހަވީރުވާއިރު އަދި ހެނދުނުވާއިރު، ތިންފަހަރު ކިޔާށެވެ. އޭރުން ހުރިހާ ކަމަކުން ފުދިގެންވާނެއެވެ.”

(ދިސަލަފިއްޔާ)

ޓެގް

އިޚްލާޞް ސޫރަތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.