ހަސަނު އިނީ ދިވެހިރާއްޖޭގެ ވެރިކަން ކުރާރަށް ފުރަމާލޭގެ މޫނުމަތި ކަމުގައިވާ ޖުމުހޫރީ މައިދާނުގައި ދަތްދޮޅީގައި އަތްވިއްދައިލައިގެން އިށީންދެއެވެ. މި ފަހަރު ކަންދިމާކުރި ގޮތުން އަޅުގަނޑައް މާދުރުން ހަސަނު ފެނިއްޖެއެވެ. ހަސަނު އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލި ހުންވެފައެވެ.
ހަސަނު ދައްދޮޅީގައި އަތްވިއްދައިލައިގެން ހަނު އިންތަން ފެނުމުން އަލުގަނޑު ހިތައްއެރީ އަނެއްކާ ބަންގާޅީއަކު ލަނޑެއްދިނީތާއެވެ. ހަސަނުގެ ކައިރިއައްގޮސް ކަރުކެހި ލައިފީމެވެ. ހަސަނު ދިޔައީ ސިއްސައިގެންނެވެ. ހަސަނު އަޅުގަނޑާއި މުހާތަބުކޮށް ބުންޏެވެ. އޭ އަދުނާނާއެވެ. ކަލޭ މިހާރުވެސް ތިޔައުޅެނީ ދޮންމީހުން ގޮވައިގެންނެވެ. ސައިދޭން ހިނގާށެވެ.
ހަސަނާ އަލުގަނޑާއި ދެމީހުން ތިބީ އޮލިވް ގާރޑަން ކެފޭގައެވެ. އަޅުގަނޑު ހަސަނު ކައިރީގައި އަހާފީމެވެ. އަލަންގީރުބައި ކޮބާހޭ! ހަސަނު ރުންކުރު ފާޑަކައް އަޅުގަނޑާއި މުޙާތަބުކޮށް ބުންޏެވެ. އަދުނަނާ ކަލޭގެ އުދަގުލާހެދި އަލަންގީރުބައިގެ ވާހަކަދެއްކޭކަށް ނެތެވެ. ހަމަ ދެންމެ މިއައީ އަހަރެންގެ ނަމުގައި އަލަންގީރުބައިއައް ޖޫގޯ ވިއްކުމައްޓަކައި ހުލުމާލޭން ތަނެއްނަގައިދީފައެވެ. އަލުގަނޑު ކައިރިއައް އައީ ހިންޏެވެ. ހަސަނު ހުރީ އަޅުގަނޑުގެ ހަރަކާތައް ފާރަވެރިވެގެންތާއެވެ. ހަސަނު އަޅުގަނޑާއި މުހާތަބުކޮށް އަހާފިއެވެ. ހިނި ތިޔައަންނަނީ ކީއްވެހޭ! އަޅުގަނޑައް ބުނެވުނީ ހިނނި ނާންނަ ވަރެއްނޫންތާއެވެ! ކޮބާހޭ ހިރިލަންދޫއިން އަލަންގީރުބައި އިން ކަނބުލޯ! ހަސަނު ބުންޏެވެ. އެއްއަހަރު ވީނޫންހޭ! މިހާރު އެކަން ނިމިއްޖޭއެވެ. އަލަންގީރުބައި ގެ ދަރިފުޅު ހުންނާނީ ހިރިލަންދޫ ގައެވެ.
އަލަންގީރުބައިއާ މިފަހަރުދިމާވީ ހުޅުމާލޭގައި ވިއާފާރިކުރާ ސަރިއްޕެއާއިއެވެ.(އަސްލު ނަމެއްނޫން) މިދެމީހުންނަކީވެސް ޒަމާންވީ ގާތް ދެ ރަހުމަތްތެރިންނެވެ. އަލަންގީރުބައި ހުލުމަލޭގައި މަސައްކަތެއް ކުރުމައްވިސްނާތާ މިހާރުމިވަނީ އެތައްދުވަހެއް ވެފައެވެ. ކޮންމެޔަކަސް މިފަހަރު އަލަންގީރުބައިއާއި މި ދިމާވި ސަރީފެއަކީ ހުލުމާލެ ލޯކަލް މާރުކޭޓުން އެކިއެކި މީސްމީހުންގެ ނަމުގައި އެޗްޑީސީއިން 1500.00 ރ.އަށް ގޮޅިނަގައިގެން ހަތްހާސް ނުވަތަ އައްހާސް ރުފިޔާއަށް ބަންގާލީންނަށް ގަވައިދާ ހިލާފައް ގޮޅިވިއްކުމުގެ ވިއާފާރި ކުރަމުންގެންދާ މީހަކައްވުމުން، އަލަންގީރުބައި ބޭނުންވާ 4 ގޮޅި ލިބުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ހިގައްޖެއެވެ. އަލަންގީރުބައި ވިއަފާރިކުރާ ހަތަރުގޮޅި އެހެރީ ހުޅުމަލޭ ލޯކަލް މާރުކޭޓު ހުޅަގުން އިރައް ވަންނައިރު ދެފަރާތުގައެވެ. މި 4 ގޮޅި ހިމެނޭ ސަރަހައްދު ހީވަނީ ބަންގާޅީ ތަރުކާރީ މާރުކޭޓެއް ހެންނެވެ.
އަލަންގީރުބައި މިހާތަނާއި ޖެހެންދެން ރައްޖޭގައި މަސައްކަތް ކުރަމުންއައީ ވޯކްވީސާނެތި ސިއްރިއްޔާތުގައިކަން ސައްޕޭއަށް އެނގުމާއެކު އެކުރިކަމެއްކޮށް އަލަންގީރުބައި އަކީ ރައްޖޭގައި މަސައްކަތް ކުރުމުގެ ހުއްދައޮތް މީހެއްގެ ގޮތުގައި ހަމަޖެހިގެން ހިނގައްޖެއެވެ.
އަލަންގީރުބައި އިނީ ހުޅުމާލޭ ފަރިޔާލް ކެފޭގައި ސައިތައްޓެއްބޯށެވެ. އެވަގުތު އެތަނައް އެއައީ އަބުދުއްރަހުމާނު ސޭޓުޖީއެވެ. މިއީ މިކެފޭގެ “ސޭޓު އަންހެނުންގެ ފިރިމީހާއެވެ.” ކޮންމެޔަކަސް ދެބަންގާޅީސޭޓް އެއްވުމުން އެދެއްކި ވާހަކައަކާއި، ކުރިސައްލާއެއް އެނގޭނީ އެދެމީހުންނަށެވެ. އެނގޭ އެއްކަމަކީ މިއީ އެއްގޮތަކަށް އެއްފާޑަކަށް ރާއްޖޭގައި ވިއާފާރިކުރާ ދެމީހުންކަވެ.
އަޅުގަނޑު އާދައިގެ މަތިން ރޭގަނޑު ބާޒާރު ކުރުމަޢްޓަކައި ދިޔައީ އަންހެނުންނާއި އެކު ހުޅުމާލޭ ލޯކަލް މާރުކޭޓަށެވެ. އަހާސަހަރޯއެވެ. މިއޮތީ ކަންތައް މުޅިން ގޯސްވެފައެވެ. ދިވެއްސަކާއި އަލަންގީރުބައި އެގެންދަނީ ގަދަޔައް ޒުވާބު ކުރަމުންނެވެ. ކަންތައްވެގެން އުލޭގޮތް ސާފުކުރިއިރު މިއޮތީ ގޯސްވެފައެވެ. ސަރިއްޕޭސޭޓްގެ އަންހެނުންގެ ކޮއްކޮޔާއި އަލަންގީރުބައި މިވަނީ އިންނަން ތައްޔާރު ވެފައެވެ. އަލަންގީރުބައި އާއި ޒުވާބު ކުރަމުން އެގެންދަނީ ސަރިއްޕެ ސޭޓުގެ އަންހެނުންގެ ކޮއްކޮ އިނދެ ވަރިކޮއް ތިންފައްވެފައިވާ މީހާއެވެ. އަޅުގަނޑުގެ ކުރިމަތީގައިހުރެ އަހުމަދާއި (އަސްލުނަމެއްނޫން) ދިމާލަށް އަލަންގީރުބައި ބުނަމުން އެގެންދަނީ ” ކަޅޭ ކޮންވައްތަރު ހުންނަނީ! ތިންފަހަރު ކަލޭ ޒަރީނާއާއި އިންނަނީ، ވަރިކުރަނީ ! ކަލޭ ދެން ޒަރީނާއާއި ނީދެވެނީ! އަހަރެން ޒަރީނާއާއި އިންނަނީ ! އަހަރެން ޒަރީނާ ދައްތައައް ރަނގަޅު ލޯބިދެނީ! ކަލޭ ބޭކާރުމީހާ! އަވަސް ދަނީ، ” ތަރާތަރީ، ތަރާތަރީ”
ކޮންމެޔަކަސް މިޒުވާބު އަޅުގަނޑައްވެސް ވަރައްމަޖާ ވެއްޖެއެވެ. އެއްކަލަ ސަރިއްޕެ މާރުކޭޓުން ގޮޅިހޯދަދީފަ އަމިއްލަ ނަމުގައި ވޯކުވިސާދީފައި ވިއާފާރިކުރަން ދޫކޮއްލީމަ އަލަންގީރުބައި ސަރިއްޕެއައް ދިންކެހި ވަކިދެރަހެއްޔެވެ. ބަޅެއްގެ ނަގޫ ސަންފާ އޮނަކައްލިއަސް ތެދެއްނުވާނެއޭ ބުނާ ވާހަކަ ތެދުތާއެވެ.
ޖެހިގެންއައިރޭ އަޅުގަނޑު ދިޔައީ އަންހެނުންނާއި އެކު ދުއްވާލާށެވެ. އަލުގަނޑުމެން ދެމީހުން މަޑުކުރީ ޖޫގޯޕޮއިންޓް ކައިރިއަށެވެ. މިތަނުން އަލުގަނޑާއި ދިމާވީ ހަލީމާފުޅުކިޔާ އަޅުގަނޑުގެ ރައްޓެހި އަންހެނަކާއެވެ. އަލުގަނޑު އަހައިފީމެވެ. މިތާ ކީއްހޭ ތިޔަކުރަނީ! ހަލިމާފުޅު ބުންޏެވެ. މިއީ އަހަރެންގެ ނަމުގައި އަލަންގީރުބައި ހިންގަ ޖޫގޯޕޮއިންޓެކެވެ. އަދުނާނުއެވެ. މިއީ ވަރައްރަނގަލު މީހެކެވެ. ރާއްޖެއައް އައިންސުރެން މީނަގެ ހުރިހާކަމެއް ބަލަހައްޓަނީ އަހަންނެވެ. އަދި މީނާގެ ހުރިހާ ފައިސާއެއްވެސް ބަންގާޅައް ފޮނުވަންދެން ހުންނާނީ އަހަރެންގެ އަތުގައެވެ. އަލުގަނޑައް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އެއިރު އަލަންގީރުބައި ހުރީ ޖޫގޯޕޮއިންޓް އެތެރޭގައެވެ. އަލުގަނޑު އަވަސްވެގަތީ އަލަންގީރުބައިއަށް ނުފެނި އަވަހައް އެތަނުން ދިއުމަށެ.
ކޮންމެޔަކަސް ބަންގާޅީން ދިވެހިރާއްޖޭގައި ގާނޫނާއި ގަވަދާޙިލާފައް ހިންގަމުންގެންދާ ވިއާފާރި އާއި ބެހޭގޮތުން އަޅުގަނޑައްފެންނަ ދެތިން ބަހެއް ބުނެލާނަމެވެ. ހުޅުމާލެ ލޯކަލް މާރުކޭޓު ބަންގާޅީން ދިވެހިންގެ އަތުން އަތުލައިގެން ވިއާފާރި ކުރަމުންދާ ވާހަކަޔަކީ ތެދެކެވެ. މިކަމާއި ބެހޭގޮތުން މައުލޫމާތު ސާފުކުރުމައްޓަކައި އެޗްޑީސީގެ ކަމާއިބެހޭ ބޭފުޅަކާއި ފޯނުން ވާހަކަ ދެއްކީމެވެ. އެބޭފުޅާ ބުނުއްވީ އެޗްޑީސީން ހުޅުމާލެ ލޯކަލް މާރުކޭޓު ދޫކުރީ މަހަކު 1500.00 ރުފިޔާއަށް ދިވެހިންނައް ކަމުގައެވެ. އެކަމަކު ދިވެހިން އަޑީގައި ތިބެގެން ބޮޑުއަގުގައި ބަންގާޅީންނައް ގޮލިތައް ކުއްޔައްދޭ ވާހަކަ އަޑުއިވުމުން ގޮޅިތަށް ޗެކުކުރާއިރު އެތާއިންނަ ބަންގާޅީ ބުނަނީ ދިވެހިމިހާވަނީ ސައިބޯން ގޮއްސަ ކަމުގައެވެ. ކޮންމެޔަކަސް މިއީ އެޗްޑީސީގެ ވާހަކައެވެ. ނުސީދާކޮށް ހުޅުމާލޭގެތެރެއިން ލިބިފައިވާ މައުލޫމާތު ދޮގުކަމުގައި ނުވާނަ މި ގޮލިތައް ބަންގަޅީންނަށް ބޮޑުއަގުގައި ދިނުމުގައި އަބުދުއްލާ ޔަމީނުގެ ވެރިކަމުގައި އެޗްޑީސީގައި އިސްކޮށްތިބި ބައެއްފަރާތްތައްވެސް ހިމެނޭކަމުގެ ނުސީދާ މައުލޫމާތު އަލުގަނޑައް ލިބިފައިއެބަހުއްޓެވެ.
ހައްތާވެސް މިދެކެވެނީ ބަންގާޅީންގެ އުނދަގުލުގެ ވާހަކައެވެ. ބަންގާޅީންނާއިހެދި މިރާއްޖޭގައި ދިރިއުޅެވެންނެއް ވާހަކައެވެ. ގާނޫނާއި ގަވައިދާ ހިލާފައް ބަންގާޅީން މިރާއްޖޭގެ ކުދި ވިއާފަރީގެ މައްޗަށް ސަވާރުވެގެން އުޅޭ ވާހަކައެވެ. މިއީ ދެބަސް ވެވެންނެއް ހަގީގަތެކެވެ. އެކަމަކު ޔަގީން ކަށަވަރުވި އެއްކަމަކީ ބަންގާޅީން ހިންގާ ގާނޫނާއި، ގަވައިދާޙިލާފު ހުރިހާކަމެއްގެ އަޑީގައި މަކަރުވެރި ކަމާއިއެކު ތިބީ ދިވެހިންކަމެވެ. މިއީ ހިތާމަ ކުރަންޖެހޭކަމެވެ. އަދި މިވަރުން ނިމެނީއަކީވެސް ނޫނެވެ. އެންމެފަހުން ބަންގާޅީން ގާތްކުރި،ކުރީނުން އިނދެގެންއުލޭ އަނބިމީހާވެސް ހަތްދަރިން ތިއްބަސް ދެން ފެނިގެންދަނީ ފާޅުގަ ބަންގާޅީ އާއި ހިތާވާތަނެވެ. ތިޔަކުރަނީ ކީއްތޯ އަހަލާއިރައް ބަންގާޅީ އިސްވެ ބުނާކަމައްވަނީ ” ދައްތަ އޯކޭއެވެ. ބޭބެ ކޮންމައްސަ ހުންނަނީ” މިހެންނެވެ. އަޅޭ ބުނާނެ އެއްޗެއް އެބައޮތްހޭ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...