ޚަބަރު ފީއަލީގައި ޑެންގީ ހުންޖެހުނު ކުދިން މާލެގެނެސްފި

ފީއަލީގައި ޑެންގީ ހުންޖެހުނު ކުދިން މާލެގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފ. ފީއަލީ ގައި ނުރައްކާތެރި ހުމެއްކަމުގައިވާ ޑެންގީ ޖެހުނު 6 ކުއްޖަކު ރޭ މާލެގެނެސްފިއެވެ. ފީއަލީ ސިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާއަށް މާލެގެނައި 6 ކުދިންވެސް މާލެގެނެސްފައިވަނީ ސިފައިންގެ އެހީތެރިކަމާއެކުގައެވެ.

އެމްއެންޑީއެފްގެ ސީ އެމްބިއުލާންސްގައި އެ 6 ކުދިން މާލެ ގެނެސްފައިވަނީ ރޭ 9:40 އެހާކަންހާއިރުއެވެ. އެކުދިން މާލެ ގެނައުމާއެކު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ސީ އެމްބިއުލާންސް މާލޭ ބަނދަރާ ކައިރިކުރިތަނަށް ވަޑައިގެން އެކުދިންގެ ހާލު ބައްލަވާލައްވާފައެވެ.

އެކުދިން މާލެ ގެނައުމާއެކު މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އައިޖީއެމް ހޮސްޕިޓަލުން ބުނީ މި 6 ކުދިންނަށްވެސް އެމަރޖެންސީގައި ފަރުވާދެމުންދާކަމަށެވެ.

ޓެގް

ޑެންގޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.