ޚަބަރު ކުރީގެ ޗީފްއޮފްސްޓާފް މުޞްޠަފާ ހައްޔަރު ކޮށްފި

ކުރީގެ ޗީފްއޮފްސްޓާފް މުޞްޠަފާ ހައްޔަރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ސަރުކާރުގައި މަސައްކަތްކުރެއްވި އަދި އޭރު މުލީއާގޭ ޗީފް އޮފް ސްޓާފްގެ މަޤާމުގައި ހުންނެވި އަޙްމަދު މުޞްތަފާ މުޙައްމަދު ކުއްލިގޮތަކަށް ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން މުލީއާގެ ކުރީގެ ޗީފް އޮފް ސްޓާފް މުޞްތަފާ މިއަދު 16:00 އެހާކަށްހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. މުޞްތަފާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ފުލުހުން ވިދާޅުވީ މުޞްތަފާ ހައްޔަރުކުރީ ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފުމާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުގައެވެ. މީގެއިތުރުން އެ މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުމާއި ހެކިންނަށް ބިރު ދައްކަމުންދާ ކަމުގެ ތުހުމަތުވެސް މުޞްތަފާގެ މައްޗަށް ކުރެއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މުޞްތަފާ ހައްޔަރުކޮށްފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ބޭނުން ކުރެއްވުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި އަގު ބޮޑު ކާރެއް މުޞްތަފާގެ ނަން މައްޗަށް ރަޖިސްޓްރީ ކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވަނީ ތަޙުޤީޤު ކޮށްފައެވެ.

ޓެގް

ޗީފްއޮފްސްޓާފް މުލީއާގެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.