ޚަބަރު ނ.މަނަދޫ ކުނިކޮށީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ނ.މަނަދޫ ކުނިކޮށީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.މަނަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ( ކުނިކޮށި ) ގައި ރޭ އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

މިހާދިސާ ހިގާފައިވަނީ ރޭ 8 ޖަހާއިރު ކަމަށާއި ، ކުނިކޮށީގައި ބަޔަކު ގަސްތުގައި ރޯކުރީކަމަށް ބެލެވޭކަމަށް މަނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ރައްޔިތުންނާއި، ފުލުހުންނާއި، ނުކުމެ ކުރިމަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ރޭ ވަރަށް ދަންވިފަހުންކަމަށް އެމީހާ ބުންޏެވެ.

އަލިފާން ގަނޑު ނިއްވާލުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ސޮނެވާ ޖާނީ ( ރިސޯޓުން ) ރޭ ގެނެސް އެމަސައްކަތުގައި ބޭނުންކުރިކަމަށް ވެއެވެ.

ރޭ މިހިނގި އަލިފާނުގެ ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. ނަމަވެސް މަނަދޫ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ބޭނުންކުރާ ބައެއްތަކެއްޗަށްވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މިހާދިސާ ހިނގަން މެދުވެރިސަބަބެއް ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުންދާކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.