13 ފެބްރުއަރީ 2019 ވީ ބުދަ ދުވަހުގެ ވަގުތެއްގައި ނ.ވެލިދޫ “ޕާމް ވިލާ” ގެސްޓް ހައުސްގައި ބިދޭސީ ދެ އަންހެނުން ކައިވެނިކުރި ފާހިޝް ޢަމަލު ނ.ވެލިދޫގައި އޮންނަ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޕާތް އޮފް އިސްލާމުން ކުށްވެރިކޮށްފިއެވެ.
މިއަދު އެޖަމިއްޔާއިން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ 13 ފެބްރުއަރީ 2019 ވީ ބުދަ ދުވަހުގެ ވަގުތެއްގައި ނ.ވެލިދޫ “ޕާމް ވިލާ” ގެސްޓް ހައުސްގައި ބިދޭސީ ދެ އަންހެނުން ކުޅިވަރެއްގެ ގޮތުގައި ކައިވެނި ކުރި މަންޒަރު އެގެސްޓް ހައުސްގެ ސޯސަލް މީޑިއާގައި ވަނީ ޢާންމުކޮށް ފައިކަމަށާއި، އަދި މީގެ އިތުރުން ދިވެހި ބައެއް ނޫސް ތަކުގައިވެސް އެކަން ޢާންމު ކޮށްފައިކަމަށެވެ. އެހެންކަމުން މި ފާހިޝްޢަމަލު ޕާތް އޮފް އިސްލާމް އިން ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.
އަދި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް މިކަން ޕާތް އޮފް އިސްލާމްގެ ފާރާތުން ހުށަހަޅާނެ ކަމަށާއި، އެއާއިއެކު މިފަދަ ޢަމަލުތައް ކުޅިވަރެއްގެ ގޮތުގައިވެސް ތަކުރާރު ނުވުމަށް މިކަން އިންތިޒާމް ކުރި ފަރާތަށާއި ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާކަމަށްވެސް އެބަޔާނުގައި ލިޔެފައިވެއެވެ.
މިފަދަ ފާހިޝް ކަންތައްތައް ހުއްޓުވުމުގައި ފަރުވާލެއް ނުބަހައްޓައިފިނަމަ މިކަންތައް މުޖުތަމަޢުގައި ޢާންމުވެގެން ހިނގައިދާނެތީ މިފަދަ ކަންކަމާއި ދެކޮޅަށް ތެދުވުމަށް ނ.ވެލިދޫ ރައްޔިތުންނަށް ގޮވާލާކަމަށްވެސް އެބަޔާނުގައި ވެއެވެ.
އަދި މިފަދަ ކަންކަމުގެ ސަބަބުން ޢާންމުވެދާނެ ކޯފާއަކަށް ބިރުވެތިވުމަށް ވެސް އެބަޔާނުގައި ނަސީހަތްތެރިވެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...