ޚަބަރު ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ – ޑރ.ޖަމީލު

ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ – ޑރ.ޖަމީލު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބައިވެރިވެފައިވާ ހުރިހާ އެންމެން މަގާމުތަކުން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ވޭތުވެދިޔަ އަހަރުތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކަށް ބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ.

ހިޔާނާތުގެ އެ ފައިސާތައް ބޭނުންކޮށްފައި ވަނީ ދައުލަތަށް ނުފޫޒު ފޯރުވުމަށާއި އެމަނިކުފާން ނައިބު ރައީސްކަމުން ވަކިކުރުން ފަދަ ބޮޑެތި ޖަރީމާތަކަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ހިޔާނާތުން ފައިދާ ހޯދި މީހުން އަދިވެސް ތިބީ ދައުލަތާއި ސަރުކާރުގެ ބާރު ހުރި މަގާމުތަކުގައި ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޔާސަތަކީ ކޮރަޕްޝަނަށް “ޒީރޯ ޓޮލެރެންސް” ދިނުން ކަމުގައިވާ އިރު އެކަން ކުރެވޭނީ ހިޔާނާތުގައި ބައިވެރިވެފައިވާ އެންމެނާ މެދު ފިޔަވަޅު އަޅައިގެން ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލު މިމޭރުމުން ވާހަކަ ދައްކަވާ ޓްވީޓް ކުރެއްވިއިރު އެމަނިކުފާނު މިސަރުކާރުގެ މަޤާމަކަށް އިންތިޒާރު ކުރެވިކަމަށާއި، އެކަމަކު އެފުރުޞަތު އަދި ލިބިވަޑައި ނުގަންނަވަނީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

ޓެގް

ޑރ.ޖަމީލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.