ޚަބަރު 40 ވަނަ އަހަރުގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި

40 ވަނަ އަހަރުގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރު ނ.އަތޮޅު މަދަރުސާއަށް 40 އަހަރު ފުރޭތީވެ، އެމުނާސަބަތާއި ގުޅުވައިގެން ބޭނުންކުރާނެ ސިއްކައެއް ފަރުމާކުރުމަށް އެ މަދަރުސާއިން އާއްމުކޮށް ހުޅުވާލައިފިއެވެ.

މިމަހުގެ 13ވަނަ ދުވަހު ނ.އަތޮޅު މަދަރުސާއިން ނެރެފައިވާ އިއުލާނުގައިވާ ގޮތުން، ހުށަހެޅޭ ސިއްކަ ތަކުގެތެރެއިން، 40 އަހަރުފުރޭ މުނާސަބަތުގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅުއްވި ފަރާތަކަށް އަގު ވަޒަންކުރުމުގެ ގޮތުން ފައިސާގެ އިނާމަކާ ހަނދާނީ ލިޔުމެއް ދެވޭނެއެވެ.

މި ސިއްކައިގައި ހުންނަން ޖެހޭސިފަތަކަކީ:

– ނ.އަތޮޅު މަދަރުސާ ރަމްޒުކޮށްދިނުން

– މީގެކުރިން އެ މަދަރުސާގައި ބޭނުންކޮށްފައިވާ ސިއްކައާ ތަފާތުވުން

– އުފެއްދުންތެރިކަން ހުރުން

– ފަސޭހަވުން

– އެ މަދަރުސާގެ 3 ކުލަ(ފެހި، ނޫ، ހުދު) ބޭނުންކުރެވިފަ ހުރުން

– އެ މަދަރުސާ ހުޅުވުނު ތާރީހް ހިމެނިފައިވުން(2019-1979)

– ތައުލީމާއި ގުޅުންހުރުން

މި ސިއްކައާއެކު ސިޓީއެއްގައި މި ސިއްކައަކީ، ސިއްކަ ހުށަހެޅި ފަރާތުގެ ފިކުރީ މުދަލެއްކަން ނުވަތަ ހިޔާލެއްކަމަށް އިގުރާރުވެފައި ވުމާއި، ސިއްކަ ހުށަހެޅިފަރާތުގެ އިތުރު ހުއްދައަކާނުލައި، ސިއްކަ ބޭނުންކުރުމުގެ ފުރިހަމަ އިހްތިޔާރު އެ މަދަރުސާއަށް ދީފައި ވާންޖެހެއެވެ. އަދި ސިއްކަ ހުށަހެޅިފަރާތުގެ ފުރިހަމަ ނަމާއި އުޅޭތަނަކާއި ގުޅޭނެ ނަމްބަރު ހިމަނާފައި އޮންނަންވާނެއެވެ. އަދި މި ސިއްކައިން ރަމްޒުކޮށްދޭ ކަންކަން ބަޔާންކުރެވިފައި އޮންނަން ވާނެއެވެ.

ޓެގް

ނ.އަތޮޅު މަދަރުސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.