އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕް ކުރުމަށް، އެމް7 އާއި ނޮވެލްޓީން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ނާރެސްއަށް މަޢުލޫމާތު ލިބޭގޮތުގައި މި ފަހަރުގެ އާންމު އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރަން ޝައުގުވެރިވި ދެ ކުންފުނީގެ ތެރެއިން އެމް7 އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާސް ޗާޕް ކުރި ކުންފުންޏެވެ. އެ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕް ކުރުމުގެ ޝައުގުވެރިކަން ނޮވެލްޓީން ފާޅުކޮށް ބިޑް ކުރި އެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނަށް އެންމެ ރަނގަޅު ބައެއްގެ ގޮތުގައި ފެނުނީ އެމް7 އެވެ
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލި ފުރުސަތުގައި ތިން ފަރާތަކުން މައުލޫމާތު ސާފު ކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމް7 އާއި ނޮވެލްޓީ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން މައުލޫމާތު ސާފު ކުރި މީހުން، ވޯޓު ކަރުދާސް ޗާޕް ކުރުމަށް ޝަރުތު ހަމައެއް ނުވެ އެވެ.
“ބިޑް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ބައެއް ބަލާފައި އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕްކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ހަވާލު ކުރާނަން،” އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...