ޚަބަރު ލަކުސަނަ ކާމިޔާބު ކަމާއެކު ނިންމާލައިފި

ލަކުސަނަ ކާމިޔާބު ކަމާއެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ލަކުސަނަ ޕްރޮގްރާމްގެ ބައިވެރިންނަށް މީދުން މަރުޙަބާ ދެންނެވުން ފޮޓޯ: ޕީސް ފައުންޑޭޝަން ފޭސްބުކް ޕޭޖް

ޕީސް ފައުންޑޭޝަނާއި އުއްމީދު ޖަމުޢިއްޔާ އަދި މީދޫގެ ކުލަބު ޖަމުޢިއްޔާތަކާއި މުއައްސަސާތައް ގުޅިގެން މީދޫގައި ކުރިއަށް ގެންދިޔަ ‘ލަކުސަނަ’ ގެ ޕްރޮގުރާމުތައް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

މިޙަރަކާތުގައި ރާއްޖޭގެ މަޝްހޫރު ގިނަ ޝައިޙުންގެ އިތުރުން ހާއްސަ މެހެމާނުންގެ ގޮތުގައި އެކިއެކި ރޮނގުން ފަހަގަކޮށްލެވޭ މަޝްހޫރު ބޭބޭފުޅުން ބައިވެރިވެލައްވާފައިވެއެވެ. އޭގެތެރޭގައި ކަށީގެ ޚާއްސަ ޑޮކްޓަރ ޝާން، ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ އަދި އާރިފް (ބަކާ) ހިމެނެއެވެ.


ކާމިޔާބު އުޚްތާ ވޯކްޝޮޕްގެ ތެރެއިން…. ފޮޓޯ: ޕީސް ފައުންޑޭޝަން ފޭސްބުކް ޕޭޖް

މި ޙަރަކާތުގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމްތަކުގެ ތެރޭގައި، ނަމޫނާ ޒުވާނާ، ނަމޫނާ ވިޔަފާރިވެރިޔާ، ނަމޫނާ މުވައްޒަފު، ނަމޫނާ ވެރިންގެ އިތުރުން ކާމިޔާބު އުޚުތާ އަދި ޕެބްލްސް ކުޑަކުދިންގެ ހަވީރާއި ސްކޫލްގެ ފިރިހެން އަދި އަންހެން ބެލެނިވެރިންނަށް ވަކިން ކުރިއަށް ގެންދިޔަ ވޯކުޝޮޕުތައް ފާހަގަކޮށްލެވެއެވެ.   މީގެ އިތުރުން ރޭ ރ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ ‘ނަމޫނާ އާޢިލާ’ ބޮޑު ދަރުސްއަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެއެވެ. މިއީ މިފަދަ ބޮޑު ދީނީ އިޖުތިމާޢީ ހަރަކާތެއް މީދޫގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރުކަމަށް މައުލޫމާތު ލިބެއެވެ.

ޓެގް

ލަކުސަނަ މީދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.