ކުރއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުން އަންނަ އިރު އެޕާޓީގެ ޓިކެޓްގައި މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކަށް ކެމްޕެއިން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެ ތެރެއިން މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ.އަތޮޅަށެވެ.
ރައީސްގެ ނ.އަތޮޅުގެ ދަތުރުފުޅުގެ ކުރިން އެމަނިކުފާނުވަނީ ފާއިތުވި ހަފްތާ ބަންދުގައި އައްޑޫއަތޮޅަށް ވަޑައިގަންނަވާފެއެވެ.
ނ.އަތޮޅުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. ހޮޅުދުއާއ، ވެލިދޫ ، މަނަދޫ އަދި ކެނދިކުޅުދުއަށް ކަމަށް ޚަބަރު ލިބެއެވެ.
މިމަހުގެ 17ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދަތުރުގައި ނ.އަތޮޅުގެ ހުރިހާދާއިރާތަކެއް އެއްކޮށްލައިގެން ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އެޖަލްސާ އޮންނާނީ މާދަމާރޭ ވެލިދޫގައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ނ. ހޮޅުދުއަށެވެ. ވެލިދުއަށް ވަޑައިގަންނަވާނީ އޭގެފަހުގައެވެ. ރޭކުރައްވާނެކަމަށް ޚަބަރު ލިބިފައިވަނީ ވެލިދޫގައެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ނ.އަތޮޅުގެ ކޮންމެ ދާއިރާއަކުން 1 ރަށަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...