ޚަބަރު ނ.އަތޮޅު ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދިޔަ ހުކުރު ކުރުމުގެ ހުއްދަ ލިބޭ އިމްތިޙާނުން ފާސްވި ފަރާތްތަކަށް ހުއްދަ ހަވާލުކޮށްފި

ނ.އަތޮޅު ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދިޔަ ހުކުރު ކުރުމުގެ ހުއްދަ ލިބޭ އިމްތިޙާނުން ފާސްވި ފަރާތްތަކަށް ހުއްދަ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.އަތޮޅު ކައުންސިލްގެ ފަރާތުން ކުރިޔަށް ގެންދިޔަ ހުކުރު ކުރުމުގެ ހުއްދަ ލިބޭ އިމްތިޙާނުން ފާސްވި ފަރާތްތަކަށް ހުއްދަ މިރޭ ހަވާލުކޮށްފިއެވެ.

މިރޭ ނ.އަތޮޅު ކައުންސިލްގައި ކުރިޔަށްދިޔަ ރަސްމިއްޔާތުގައި އެ އިމްތިޙާނުން ފާސްވި ހުރިހާ ފަރާތްތަކަށްވަނީ ހުއްދަ ހަވާލުކޮށްފައެވެ.

އިމްތިޙާނުން ފާސްވި ފަރާތްތަކަށް ހުއްދަ ހަވާލުކޮށްދެއްވާފައިވަނީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ނޫނު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޡާފިރު އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާން ވިދާޅުވީ މިއީ ނ.އަތޮޅުގެ ގިނަ ރަށްރަށުގެ ދަރިންތަކެއްގެ އެދުމުގެ މަތިން އިސްލާމިކް މިނިސްޓްރީއާއި ވާހަކަދެކެވިގެން އިސްލާމިކް މިނިސްޓްރީން ޚާއްޞަ ބޭފުޅުންކޮޅެއް މިކޮޅަށް ވަޑައިގެން ކުރިޔަށް ގެންދެވުނު އިމްތިޙާނެއްކަމަށެވެ.

މީގެ އިތުރުން ޢަލީ ޡާފިރު ވިދާޅުވީ ހުއްދަލިބިލެއްވި ހުރިހާ ބޭފުޅުންވެސް ވަރަށް އިކްލާޞްތެރިކަމާއިއެކީ އެކަންކުރައްވަން ވާނެ ކަމަށާއި ވަކި މިސްކިތެއްގައި ކުރަންޖެހުނީމާ ނުކުރައްވާ، ވަކި ޚުޠުބާއެއް އޮތީމާ ހުކުރު ނުކުރައްވަން ޢުޛުރު ދައްކަވައިގެން ނުވާނެކަމަށެވެ.

މިރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަދެއްކެވީ މިރޭގެ ރަސްމިއްޔާތުގައި ހުއްދަ ޙާޞިލްކުރެއްވި ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން އިމާމު ކޯސް ލެވެލް 3 ފުރިހަމަކޮށްފައިވާ ލަންދޫ ކައުންސިލްގެ ފައިނެންސް އޮފިސަރ އަލްފާޟިލް ސަލީމް ޙުސައިން (މެއްޑޯ) އެވެ.

ސަލީމް ޙުސައިންގެ ވާހަކައިގައި މިފަދަކަމެއް ނޫނު އަތޮޅުގެ ދަރިންނަށްޓަކައި ކުރިޔަށް ގެންގޮސްދެއްވީތީވެ ނޫނު އަތޮޅު ކައުންސިލްގެ ހުރިހާ ސްޓާރފުންނަށާއި ޚާއްޞަކޮށް ނޫނު އަތޮޅުގެ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޡާފިރުއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާކަމަށެވެ.

މިރަސްމިއްޔާތުގައި ނޫނު މަނަދޫ ކައުންސިލްގެ މެމްބަރުންނާއި އެރަށު މިސްކިތުގެ އިމާމުންވެސްވަނީ ބައިވެރިވެލައްވާފައެވެ.

ޓެގް

ނ.އަތޮޅު ކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.