ޚަބަރު މުވައްޒަފުންގެ މުސާރަތައް ހަމަހަމަ ކުރުމުގެ މަސައްކަތްފަށައިފިން – ޕޭކޮމިޝަން

މުވައްޒަފުންގެ މުސާރަތައް ހަމަހަމަ ކުރުމުގެ މަސައްކަތްފަށައިފިން – ޕޭކޮމިޝަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދެނެގަނެ މުވައްޒަފުންގެ މުސާރަތައް ހަމަހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ޢާއްމުކުރި ބަޔާނެއްގައި ވިދާޅުވެފައިވަނީ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް މިހާާރު ދެނެގަނެފައިވާ ކަމަށެވެ. ޕޭ ކޮމިޝަނުން ވިދާޅުވީ އެ ބަދަލުތައް ބައިނަލްއަޤުވާމީ ތަޖުރިބާކާރުންގެ އެހީއާއެކު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

ޤާނޫނަކުން އުފައްދާފައިވާ ނޭޝަނަލް ޕޭކޮމިޝަނުން ބުނެފައިވަނީ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދެނެގަނެފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއެކު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް އެމީހުންނަށް ދެވިދާނެ އިނާޔަތްތަކާއި ވަޒީފާ އިން ނުވަތަ މެމްބަރުކަމުން ވަކިވެގެންދާ އިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދޭ ކޮމިޝަނެކެވެ. ނަމަވެސް މުސާރަ ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރާ ބޭފުޅަކާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޝަރުއީ ދާއިރާ އިސްތިސްނާވާނެ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަނުގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. ކޮމިޝަނަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޓެގް

މުސާރަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.