މިއދު 11:20ން 16:20 އާއި ދެމެދު ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަޙައްދު ތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށާއި، އަދި ގުގުރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ދަތުރުފަތުރު ކުރުމުގައްޔާއި، ޢާއްމު ދިރިއުޅުމުގެ އެހެނިހެންކަންކަމުގައިވެސް މޫސުމަށް ސަމާލުކަންދީގެން ރައްޔިތުން ތިބުމަށް އިލްތިމާސް ކުރައްވާކަމަށެވެ.
މިދުވަސްވަރަކީ ދެމޫސުން ބެދޭ ދުވަސްވަރު ކަމަށްވާތީ މޫސުމަށް މިފަދަ ބަދަލުތައް އަންނައުމުން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އެކަމުގައި އާދަޔާ ޚިލާފު ނުރައްކަލެއް އޮތްކަމަށް ނުފެންނަކަމަށް މޫސުމާބެހޭ ގޮތުން ކުރިއަށްލަފާކޮށް ބައެއް ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...