ޚަބަރު މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައިފި

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މި އެޕްރީލްމަހުގެ 7 ވާ އާދީއްތަ ދުވަހަކީ (މާދަމާ އަކީ)، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާތީކަމަށާއި، މި ދުވަސް ބަންދު ކުރެއްވުމަކީ، ސަރުކާރުގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ވާނެ ކަމެއްކަމަށް ވާތީކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމުގައިވެއެވެ.

ގިނަ އިންތިޚާބުތަކެއްގައި މިގޮތަށް ޖެހިގެން އަންނަ އާދިއްތަ ދުވަސް އަންނަނީ ސްރުކާރު ބަންދު ދުވަހެއްގޮތުގައި ހަމަޖައްސަމުންނެވެ.

މިއަދު ހެނދުނު 8:00 އިން ފަށައިގެން ވޯޓުލުން ކުރިޔަށް ދާއިރު، އިލެކްޝަނުން ވަނީ ވޯޓުލުމުގެ ވަގުތު މިއަދު އިރު އޮއްސި 6:00 އާއި ހަމައަށް އިތުރުކޮށްފައެވެ.

ޓެގް

މަޖިލިސް2019 އިލެކްޝަން2019

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.