(ކުރީގެ އަދަދާއި ގުޅޭ)
މިއުޒިކު ކުޅެން ތިބި ނައުފަލުގެ އެކުވެރިންނާއި ޒީނާއި ރާޔާ ކައިރިވެލިއެވެ. އެކުދިންނާއި ސަމާސަކޮށް ވާހަކަ ދައްކަމުން ދިޔައެވެ. އެތަނުން އެއް ކުއްޖަކު ޒީނާ ކައިރީގައި ޖޫސްތައްޓެއް ގެނެސް ދިނުމަށް އެދުނެވެ. ޒީނާ ކާތަކެއްޗާއި ޖޫސް ފުޅިތައް ހުރި ދިމައިލަށް ދިއުމުން ރާޔާ އެމީހުންނާއި ތަންކޮޅެއް ދުރުގައި މަޑުކުރިއެވެ.
މިހެން މަޑުކޮށްގެން ހުއްޓާ ރާޔާއަށް ވަރަށް މަޑުން އިވެމުން ދިޔައީ ނައުފަލުގެ އެކުވެރިން ދައްކަމުން ދިޔަވާހަކައެވެ. އެމީހުން ކިޔާތީ އޭނާއަށް އިވުނީ މިހެންނެވެ. ” އެހުރީ އެންނު މަޑު ރަތްހެދުމެއް ލައިގެން ކުއްޖެއް…އެއީ ޒީނާ! ހީވަނީ ހަމަ ލޭކޮކާލެއް ހެންދޯ؟…އެނގޭތަ؟ އޭނަ އެހެން އެކުވެރިކޮށް އުޅުނަސް ވަރަށް ނުދޭން އުޅޭނެ… ވެދާނެ އޭނައަކީ އަދި މީހަކާއި ކައިރިނުވާ ކުއްޖެއް ހެން…”. މި އަޑުތައް އިވުމުން ރާޔާއަކަށް މަޑަކުން ނުހުރެވުނެވެ. އަވަހަށް ގޮސް އެމީހުންނާއި ކުރިމަތި ލިއެވެ. ” އިނގޭތަ ތި ބެހެވެނީ ކާކާ ކަމެއް…؟ އެއީ އަހަރެންގެ “ބެސްޓުފުރޭންޑު”. އޭނަ އެއީ ކަލޭ ތިބުނިހެން އަދި އެފަދަ ވިޔާނުދާ ޢަމަލެއް ހިންގާފައިވާ ކުއްޖެއް ނޫން.. އޭނައަށް ރައްޓެހިވާނެ މީހަކު ނުވިޔަސް ކަލޭމެން ކައިރިޔަށް ނުދާނެކަން ޔަޤީން..”. ރާޔާ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އެހެން ބުނުމަށްފަހު އެބުރި އަންނަނިކޮށް ޒީނާ އޭނާ ހުއްޓުވިއެވެ. އޭރު އޭނާ ހުރީ ދެ ކޯކުތަށި ހިފަހައްޓައިގެންނެވެ. ރާޔާ އެވާހަކަތައް ކިޔައިދިނުމުން ޒީނާ ހޭން ފެށިއެވެ. އޭނާ އެވާހަކަތައް ގަބޫލެއް ނުކުރިއެވެ.
ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑާލައިފައިވާ ލަވަތައް އަނެއްކައިވެސް ކިޔަން ފެށިއެވެ. މަޑުމަޑުން ލަވައިގެ ފޯރިގަދަވަމުން ދިޔައެވެ. ޒީނާ ހުރީ ނައުފަލު ކިޔަމުން ދިޔަ ލަވައިގެ ތެރެއަށް ގެއްލިފައެވެ. ތެދު ތެދަށް ބުނާނަމަ ރަނގަޅަށް ލަވަޔަށް މަސްތުވެފައެވެ.
އާއެކެވެ. އޭނާގެ ބޮލަށް އުނދަގޫ ވާން ފެށިއެވެ. އެއާއިއެކު ކުއްލިއަކަށް ފެނުނީ ޕާޓީގެ ތެރޭގައި އަލިފާނުގެ ކުޅިވަރުތައް ކުޅެމުން ދިޔަ މަންޒަރެވެ. ރާޔާ އެދިމާލަށް ދާން އުޅުމުން އޭނާ ހުއްޓުވީ އޭނާ ނުވެސް ދައްނަ ޒުވާނެކެވެ. އޭނާ ރާޔާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ. “މިތާ ހުންނާށެ..ކައިރިޔަށް ދިޔުން މާ ރަނގަޅެއް ނޫނެ…”. ދެތެކެވެ. އެ ނުދައްނަ ޒުވާނާގެ ފަރާތުންވެސް އޭނާއަށް ލިބުނީ ނަސޭޙަތެކެވެ. އެކަން އޭނާއަށް ވިސްނުނީ ފެނުނު މަންޒަރަކުންނެވެ. އެ މަންޒަރަކީ އެ ކުޅިވަރުގެ ތެރެއިން ބައެއްފަހަރު އަލިފާން ކަނި ބުރަ ބުރައިގެން ދާ މަންޒަރެވެ.
ތަފާތު އެތައް މަންޒަރުތަކަކަށް ފަހު ޕަޓީ ނިމިގެން ހުރިހާ ކުދިންތައް ގެޔަށް ގޮސް ނިމިއްޖެއެވެ. ރާޔާއާއި ޒީނާއަށް ގެޔާއި ހިސާބަށް ދެވުނީ ވަރަށް ލަސްވި ފަހުންނެވެ. އޭރު ބާރަ ޖަހަން ކައިރިވެދާނެއެވެ. ފުރަތަމަ ޒީނާގެ ގެޔަށް އޭނާ ވަނުމުން، ރާޔާ އެކަނި ހުރެ ވަރަށް ބާރަށް ހިނގަންފެށިއެވެ. އޭނާގެ ގެ ހުންނަނީ ޒީނާގެ ގެޔާއި ދެތިންގެ ދުރުގައި ކަމަށް ވާތީއެވެ. ކުއްލިޔަކަށް ރާޔާއަށް ފެނުނީ ކުދި ކުދި ކޮކާތަކެއް އޭނާގެ ވަށައިގެން އެބުރޭތީއެވެ. އޭނާ ސިހިފައި އެކޮކާތަކުން ދުރަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އެކޮކާތައްވެސް އޭނާގެ ފަހަތުން ދުވަންފެށިއެވެ. ރާޔާ ދެއަތް ދެފަރާތައް ހޫރުވަމުން ގެޔަށް ވަދެ ދޮރު ލެއްޕިއެވެ. އެއަށްފަހު ފުން ނޭވާއެއް އެނާ ލިއެވެ. ހީވާ ކަހަލައެވެ. އޭނާއަށް ބޮޑު ނުރައްކަލަކުން ސަލާމަތް ވެވުނީއެވެ. އެކަމަކު އަދި އެއީ ނިމުނީކީ ނޫނެވެ. އެހެނަސް އެއީ ފެށުމެކެވެ. އޭނާއަށް ނުފެނުނު ކަމުގައި ވިޔަސް އެ ކޮކާތައް އޭނާގެ ވަށައިގެން ކޮންމެ ރެއަކު އެބުރެމުން ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...