ޚަބަރު ލަންކާގެ ބޮންގޮއްވި ޙާދިސާއާއި ގުޅިގެން ދިވެހިންތަކެއް ހައްޔަރުކޮށްފި

ލަންކާގެ ބޮންގޮއްވި ޙާދިސާއާއި ގުޅިގެން ދިވެހިންތަކެއް ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާދީއްތަދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން މިހާރު އެޤައުމުގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި 6 ދިވެއްސަކު ސްރީލަންކާއިން ހައްޔަރުކޮށްފިކަމުގެ ޚަބަރު ލިބިއްޖެއެވެ.

ސްރީ ލަންކާގެ ފުލުހުން ހައްޔަރުކޮށްފައިވާ 6 ދިވެހިންގެތެރެއިން އެކަކު ހައްޔަރުކުރީ އޭނާއުޅޭ ގެއިން އައިއެސް ޖަމާޢަތާގުޅޭ ފޮތެއް ފެނުމުންނެވެ. އެފޮތަކީ އެގޭގައި ކިޔަވަން ތިބޭ ދަރިވަރުންގެ ބަޔަކު ގެންގުޅުނު ފޮތެކެވެ. އަދި އެފޮތް ގަނެފައިވަނީވެސް ސްރީ ލަންކާއިންނެވެ.

މިމީހާ މިއަދު ކޯޓަށް ގެންގޮސް ދޫކޮށްލާނެކަމަށް ބެލެވެއެވެ. ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެކެވެ. އަދި ކިރިޔާ ޝައްކެއްވާނަމަވެސް އެއްވެސް ސުވާލުކުރުމެއްނެތި ދަނީ މީހުން ހައްޔަރުކުރަމުންނެވެ.

އަނެއް 4 ދިވެހިން ހައްޔަރުކޮށްފައިވަނީ އެއަރ ރައިފަލްތަކެއްގެ މައްސަލާގައެވެ. އެގޮތުން، ނެގަންބޯގައި އެމީހުން ދިރިއުޅޭ ގެއިން ފެނުނު ބަޑިތައް ގަނެފައިވަނީވެސް ސްރީ ލަންކާއިންނެވެ. އަދި އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ފޭކް ލައިސެންސަކާއިއެކުއެވެ.

ފަހުމީހާ ހަޔަރުކުރީ ކޮންތާކުންކަމެއް އަދި ސާފެއްނުވޭ. މިމީހުން ކޯޓަށް ހާޒިރުކުރަނީ ހޯމަ ދުވަހުއެވެ.

ޓެގް

ސްރީލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.