ސިފައިންނާއި ފުލުހުން ގުޅިގެން މާލެއާއި ، ހުޅުމާލޭގައި ކުރިއަށް ގެންދަން ފަށައިފިއެވެ.
މިތަމްރީނުތަކުގައި ބޮޑަށް ފަރިތަކުރަނީ ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ގޮތްތަކާއި ގުޅޭ ތަމްރީންތަކެއް ކަމަށް ޚަބަރު ލިބެއެވެ.
މިޙަރަކާތްތައް މާލޭގައި ކުރިއަށްދަނީ އިންޑަސްޓްރިއަލް ވިލެޖާއި ކާނިވާ ސަރަޙައްދުގައެވެ. އަދި ހުޅުމާލޭގައި ކުރިއަށްގެންދަނީ ހުޅުމާލޭގައި ހުންނަ ސިފައިންގެ ހެޑްކުއަރޓަރސް ކައިރީގައެވެ.
ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުގައި ގޮވާ ޒާތުގެ ބައެއް ތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މި ތަމްރީނުތައް ކުރިއަށްދާއިރު ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާނެކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
މި ތަމްރީނުތަކަކީ ސިފައިން އާދައިގެ މަތިން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެތެރެއިން ޕްރޮގްރާމެއްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. ނަމަވެސް މިއީ ލަންކާގެ ޙަމަލާއާއި ގުޅިގެން ދިވެހި ސިފައިން ނާއި، ފުލުހުން ކުރިއަށް ގެންދާ ޚާއްޞަ ފަރިތަކުރުން ތަކެއްކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...