ޚަބަރު އީސީ ޝަރީފް އިސްތިއުފާ ދެއްވަނީ

އީސީ ޝަރީފް އިސްތިއުފާ ދެއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އެ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވަން ނިންމަވާފައިވާކަމަށް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްނިއުސްގެ “އެކްސްކުލޫސިވް”އަށް ދެއްވި އިންޓަރވިއުއެއްގައި ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވަން ނިންމަވާފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ވަރަށް ގިނަ ގޮންޖެހުންތަކާއިއެކުވެސް އެކޮމިޝަންގެ ޒިންމާތައް އަދާކުރެއްވުނުކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ނިންމެވީ، މިނިވަން މުއައްސަސާއެއްގެ މެންބަރުކަމުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީކަމަށެވެ.

ޓެގް

އެލެކްޝަންސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.