ޗީޒް ކޭކަކީ ވަރަށް ރަހަމީރު ގިނަބަޔަކަށް ކާލަން ކަމުދާ އެއްޗެއްކެވެ. މިއީ ތަފާތު ގޮތްގޮތަށް އެކި ހިސާބުތަކުގައި ނުވަތަ އެކި ޤައުމުތަކުގައި އަޅާކޭކެކެވެ. ނަމަވެސް އެބަޔަކަށް އެންމެ މީރު ވާނެގޮތަކަށް އެއަށް އަޅާތަކެއްޗަށް ބަދަލުގެނެސްގެން ތަފާތު ބަދަލުތައް ގެނައުމަކީ ކޮންމެ ބަޔަކުވެސް ކުރަމުންދާ ކަމެކެވެ.
ނާރެސް ރޯދަބަދިގެއިން މިއަދު މިގެނެސްދެނީ ތަފާތު ގޮތަކަށް ޗީޒްކޭކް އަޅާނެގޮތެކެވެ. “ލެމަން މެރައިން ޗީޒް ކޭކް” މިއީ އަޖުމަބެލުމަށްފަހު އޭގެ ރަހަޔާއި ސިފަ ގިނަބަޔަކަށް ކަމުދާނެކަމަށް ވަރަށްބޮޑަށް ޤަބޫލުކުރެވޭތީ ގެނެސްދޭ ރެސިޕިއެކެވެ.
މިރޯދަމަހުގެ ކޮންމެވެސް ދުވަހެއްގައި މި ރެސިޕީގެ އަޖުމަވެސް ބައްލަވާލައްވާށެވެ.
ބޭނުންވާތަކެތި
2 ޖޯޑް ޝޯޓްބްރެޑް ކްކީސް ކްރަންބް
1/4 ޖޯޑް މެލްޓެޑް ބަޓަރު
8 އައުންސް ޕެކޭޖް ކްރީމް ޗީޒް ސޮފްޓެންޑް
1 ޖޯޑް ސޯ ކްރީމް
1 ޖޯޑް ވައިޓް ޝުގަރ
4/3 ޖޯޑު ފްރެޝް ލެމަންޖޫސް
4/1 ޖޯޑު ކާސްޓަރ ޝުގަރ
1 ސައިސަމުސާ ވެނީލާ އެސެންސް
1 ލުނބޯގެތޮށި (ގާނާފައި)
1 ލުނބޯގެހުތް
4 ބިސް
ތައްޔާރުކުރާނެގޮތް
ފުރަތަމަވެސް އަވަން 165 ޑިގްރީ ސެލްސިޔަސް އަށް ދޮންކުރާށެވެ. އޭގެފަހުގައި ބަޓަރު އޮމާންވަންދެން ގިރާލާފައި ހަކުރާއި ލުނބޯތޮށިވެސް ބަޓަރާއި ރަނގަޅަށް މިކްސްކޮށް ލާށެވެ. ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކޮށްފައި މިކްސްކޮށްލާށެވެ. ބާކީހުރި ތަކެއްޗާއި ގިރާފައިހުރި ބައިތައް ރަނގަޅަށް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާލާފައި ފުށްގަނޑު ޓްރޭ އަށް އަޅާފައި އަވަނުން ފިހެލާށެވެ. ކޭކް ހިހޫވީމާ އައިސިން ހަކުރު ކޮޅެއް ފުރާނާލާފައި ކޭކް މައްޗަށް ބުރުވާލާށެވެ.
މިހާރު އެހެރީ ލެމަން މެރައިން ޗީޒްކޭކް އެޅިފައެވެ. ރަހަޔަށް އިންސާފުކޮށްލެއްވުމުގައި ހަމަކޮންމެ ވަގުތެއްވެސް ރަނގަޅުވާނެއެވެ. އެންމެރަގަޅުވާނީ ޑެޒަރޓެއްގެ ގޮތުގައި ބޭނުންކުރެއްވިއްޔާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...