ރެސިޕީ ނާރެސް ރޯދަ ބަދިގެ: ޗިކަން ބްރޮކްލީ ސެލަޑް

ނާރެސް ރޯދަ ބަދިގެ: ޗިކަން ބްރޮކްލީ ސެލަޑް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ ކެއުމުގައި ރަގަޅު ބާވަތްތައް ހިމަނައިގެން ސިއްޙަތަށް ރައްކާތެރިވުމަށް މަސައްކަތްކުރާ މީހުންނެވެ. ދިވެހިންގެ ކެއުމުގެ ކޮންމެވެސް ހިސާބެއްގައި ތަރުކާރީގެ ކޮންމެވެސްބާވަތެއް ނެތިއްޔާ ހިތްހަމައެއްނުޖެހޭނެއެވެ. އެފަދަ ފަރާތްތަކަށް ނާރެސް ރޯދަބަދިގެއިން މިގެނެސްދެނީ ތަފާތު ސެލެޑެކެވެ. ހާރުދަމަށް ނުވަތަ ރޯދަ ވީއްލާގަޑިއަށްވެސް މިސެލެޑު ތައްޔާރުކޮށްލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި

8 ޖޯޑް ބްރޮކްލީ ފްލޮރެޓްސް

300 ގ. ކުކުޅުމަސް ބޯންލެސް

1 ޖޯޑް ވޮލްނަޓްސް

6 ފިޔާ (ގްރީން އޮނިއަން ކޮށާފައި)

1/4 ޖޯޑު އެޕަލް ސިޑަރ ވިނިގަރ

1/4 ޖޯޑު ހަކުރު ( ވައިޓްޝުގަރ )

1/2 ފާސްލީ (ކުދިކޮށް ކޮށާފައި)

1 ބެލްޕެޕަރ (ކުދިކޮށް ކޮށާފައި)

1 ލޮނުމެދުކޮޅު (މިންސްކޮށް ކޮށާފައި)

1/4 އޮލިވް އޮއިލް

3 މޭޒުމަތީ ސަމުސާ ލުނބޯ ހުތް

ލޮނު / އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ކުކުޅުކޮޅު ރޯފިލުވާލާށެވެ. ދެން ބޮޑު ބޯތައްޓެއްގައި ބްރޮކްލީ، ޕާސްލީ، ފިޔާ އަދި ޗެރީ ޓޮމާޓޯ އެއްކޮށްލާ އެއް ކައިރީގައި ބަހައްޓާށެވެ.

ބްލެންޑަރެއް ނުވަތަ މިކްސަރެއް ބެލްޕެޕަރ، ލޮނުމެދު، އޮލިވްއޮއިލް، ލުނބޯ ހުތް، އެޕަލްސައިޑަރ ވިނެގަރ އެޅުމަށްފަހު ރަގަޅަށް އެއްކޮށްލާށެވެ. ހުރިހާއެއްޗެއް ރަގަނޅަށް އެއްވުމުން ބޯތަށީގައި ހުރި ތަރުކާރީތަކު މައްޗަށް އަޅާ އެއްކޮށްލާށެވެ.

ބޭނުމިއްޔާ 5 މިނިޓެއްހާއިރު ވަންދެން އަވަނުގައި ބަހައްޓާލައި ހޫނުކޮށްލާށެވެ.

ސެލެޑް ތިހުރީ ތައްޔާރުވެފައެވެ. އެއްޗަކާ ނުލައި ހުސްކޮށް ކާލަންވެސް މީ އެއްވަނައިގެ ސެލަޑެކެވެ.

ޓެގް

ސެލަޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.