ޚަބަރު މާލޭގައި ހުރި އެމްބަސީތައް ހުޅުމާލެއަށް ބަދަލުކުރަނީ

މާލޭގައި ހުރި އެމްބަސީތައް ހުޅުމާލެއަށް ބަދަލުކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގައި ހުރި އެހެން ގައުމުތަކުގެ އެމްބަސީތައް ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފަށައިފި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މި އެމްބަސީތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ނިންމާފައި ވާއިރު އެކަމަށް ބިން ދީފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިހާރު ރާއްޖެގައި އެމްބަސީތައް ގާއިމުކޮށްފައިވާ ގައުމުތަކުގެ އިތުރަށްވެސް އަދި ބައެއް ގައުމުތަކުން ރާއްޖޭގައި އެމްބަސީތައް އެޅުމަށް ބޭނުންވެ އެކަމަށް އެދެމުންދާ ކަމަށެވެ. މާލެ މިހާރުވެސް އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި ކަމަށާއި އިތުރު އެމްބަސީތަކަށް ޖާގަ ދިނުމަށް މާލޭގައި ތަން ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރީ އެމްބަސީތައް ހުޅުމާލެ ބަދަލު ކުރުމަށް ކަމަށް ްއެ އޮފިޝަލު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ސަރުކާރުގެ ވިސްނުން ހުރީ ބޭރު ގައުމުތަކުގެ ހުރިހާ އެމްބަސީއެއްވެސް އެއް ސަރަހައްދަކަށް ގެންދިޔުމަށް ކަމަށެވެ. އޭގެ ސަބަބުން އެތައް ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އެގޮތުން ލިބިގެންދާނެ އެންމެ ބޮޑު އެއް ލުއި ކަމަކީ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ފަސޭހަ ވެގެންްދިޔުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މި ވަގުތު ރާއްޖޭގައި ހުރި އެމްބަސީތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ބިން ދޭނީ އެގައުމަކުން އެދިއްޖެ ނަމަ ކަމަށެވެ. އެގޮތުން މިހާރު މާލޭގައި ހުރި ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާނު، ސައުދީ އަދި ސްރީލަންކާ އެމްބަސީ ހުޅުމާލެއަށް ބަދަލުކުރަން ހުޅުމާލޭން ބިން ދޭނީ އެ ގައުމަކުން އެކަމަށް ބޭނުންވެ ހުށައަޅައިފި ހިނދެއްގައިކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބޭރުގެ ހުރިހާ މިޝަންތަކާއި އެމްބަސީތައް ޤާއިމުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30 ހާސް އަކަފޫޓްގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެމްބަސިތަކަށް ދިނުމަށް ނިންމާފައިވާ ޖާގައިގެ ބޮޑުމިނެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޓެގް

ދިވެހި އެމްބަސީ އެމްބަސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.