ޚަބަރު ލަންދޫގައި ނިޔަމި ކޯސް ލެވެލް 2 ގެ ބުރެއް ބާއްވަނީ

ލަންދޫގައި ނިޔަމި ކޯސް ލެވެލް 2 ގެ ބުރެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސްއާ ނ. ލަންދޫ ސެންޓަރ ފޮރ ސްޓޫޑެންޓް އެޑްވާންސްމަންޓް އާއި ގުޅިގެން ނ. ލަންދޫ ގައި ނިޔަމި ކޯސް ލެވެލް 2 ގެ ބުރެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ސީ އެސް އޭ އިން ހާމަކޮށްފިއެވެ.

މިހިނގާ ޖޫން މަހުގެ 27 ން 29 އަށް ނ. ލަންދޫގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 9933266 ނަންބަރަށް ގުޅުއްވައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ނަންނޯޓް ކުރެއްވުމަށް ސީއެސްއޭ އިން އެދިލައްވައެވެ. އެސް އެމް އެސްކުރައްވާއިރު ފުރިހަމަ ނަމާ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރުގެ އިތުރުން ގުޅޭނެ ފޯން ނަންބަރެއް ޖެއްސެވުމަށްވެސް އެދިލައްވައެވެ.

ސީއެސް އޭ އިން ވަނީ ލަންދޫގައި ދާދިފަހުން ޑިޕްލޮމާ އިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހަކާއި އެޑްވާންސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ކޯހެއް ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މީގެ 2 އަހަރު ކުރިން ލަންދޫ ކައުންސިލާ ގުޅިގެން މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސްއިން ވަނީ ނިޔަމި ކޯހުގެ ލެވެލް 3 ގެ ދެބުރެއް ލަންދޫގައި ބާއްވާފައެވެ. މި ދެބުރުގައިވެސް ވަރަށް ގިނަ މީހުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ. މިކޯހުގެ ގަޑިތައް ނަގައިދެއްވީ ކަމުގެތަޖްރިބާކާރު ކެޕްޓަން  ސައުދުބެ އެވެ. ސައުދުބެއަކީ ގިނަދުވަސްތަކެއްވަންދެން މެރިޓައިމް ދާއިރާގައި ލެކްޗަރާއެއް ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ.

ޓެގް

ސީއެސްއޭ ނިޔަމިކޯސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.