ލ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޢުމުރުން 1 އަހަރުގެ ކުއްޖަކު ވިއްކާލިމަށް ފެތުރިގެން އުޅޭ ޚަބަރާގުޅޭގޮތުން ކުއްޖާގެ މަންމަ ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދީފިއެވެ.
މީޑިއާ ރިޕޯޓްތައްބުނާގޮތުން ކޮޅުމަޑުލުގެ ރަށެއްގެ ދެމެފިރިންނަށް އެކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ހަވާލު ކުރީ ތުއްތު ކުއްޖާ ބެލުމުގެ މާލީ ތަނަވަސްކަން ނެތުމުންނެވެ. އަދި ކުއްޖާ އެ ދެމެފިރިންނާއި ހަވާލުކޮށްފައިވަނީ ޝަރުއީ ހަމަތަކުގެ މަތީން، ކޯޓުން ފުރިހަމަ ކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކުއްޖާއާއި ހަވާލުވި ފަރާތުން އެ ކުއްޖާގެ މަންމައަށް ދިން 30،000 ރުފިޔާ އަކީ އެކުއްޖާ ދިނުމުން ހަދިޔާއަކަށް ދީފައިވާ ފައިސާކަމަށާއި، އެއީ އެއްވެސް ހާލެއްގައި ކުއްޖާގެ އަގުގެ ގޮތުގައި ދިން ފައިސާއެއް ނޫން ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ބުނީ މިވަގުތަށް އަދި އެއްވެސް މައުލޫމާތެއް މީޑިޔާއާއި ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަމުގެ ޙަޤީޤަތް ސާފުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...