މިހނގާ ޖުލައި މަހުގެ 28 ވަނަ ދުވަހާއި، އަންނަ އޮގަސްޓް މަހުގެ 15 ވަނަދުވަސް ސަރުކާރު ރަސްމީ ބަންދުދުވަސްތަކުގެ ތެރެއަށް އިތުރުކުރައްވައިފިއެވެ.
ޖުލައިމަހުގެ 28ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ސާލިޙް ހަމަޖައްސަވައިފައިވަނީ މިނިވަން ދުވަހާއި ގުޅިގެންނެވެ. މިގޮތަށް ހަމަޖައްސަވާފައިވަނީ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުން ބައިވެރިވާތީއެވެ.
މިއަހަރުގެ މިނިވަން ދުވަސް ދިމާވަނީ ހުކުރުދުވަހަކާއި އެވެ. މިނިވަނ ދުވަހާއި ގުޅުވައިގެން މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ޢޭގެ ތެރޭގައި ފުޅަނދު ބުރުވެސް ހިމެނެއެވެ.
އޮގްސްޓް މަހުގެ 15 ބަންދުކުރެއްވީ އަޟުޙާ އީދާއި ގުޅިގެން އަންނަ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށެވެ.
މި ބަދަލާއިއެކު އަޟުޙާ އީދުގެ ބަންދުގެ ގޮތުގައި 10 ދުވަސް ލިބިގެންދާނެއެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ޙައްޖު ދުވަހަކީ އޮގަސްޓްމަހުގެ 10 ވަަނަ ދުވަހެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...