ދިބެހި ގައުމުގެ އިސްލާމް ކަން ނަގައިލުމުގެ ފަހު މަރުޙަލާ އަކީ އިސްލާމީ ޝަރީޢަތް ނުކިޔަވައި ، އިސްލާމީ ޝަރީޢަތަށް ނަފްރަތު ކުރާ މީހުން ޝަރުޢީ ކޯޓްތަކުގެ ފަންޑިޔާރުން ކަމުގައި ހަމަޖެއްސުން ކަމުގައި ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ އެއްމެހާ ލޮބުވެތި ރައްޔިތުއްނޭވެ. ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވަމުން ޖެހިޖެހިގެން ކުރެއްވި ދެ ޓްވީޓްގައި ޢަބުދުﷲ ވިދާޅުވެފައިވަނީ މިކަމުގައި އިންކާރު ނުކޮށް ކޮއްމެ ގޮތެއް ވަރިހަމަ ކިޔައިގެން ހުރިހައި ކަމެއްގައި ޕާޓީއަށް ސަޕޯޓް ކޮށް، ބޯގިނަކޮއްދޭން ތިބޭ ތިބުމަކީ ﷲގެ ޙަޟްރަތުގައި އެއިން ކޮއްމެ މީހަކު ޤިޔާމަތް ދުވަހުން މަސްޣޫލު ވާން ޖެހޭނެކަމެއްކަން ހަނދާން ކުރަންވާނެކަމަށެވެ. އަދި ހެއްދެވި ފަރާތަށް ބިރުވެތިވުން ހުރި ކަމުގައިވެސް ޝެއިޚް ފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޖަމިއްޔަތު ސަލަފުގެ ރައީސް މިފަދައިން ޓްވީޓް ކުރެއްވި އިރު އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން ނެރުއްވައިފައިވާ ފަތުވާގައި ބުނެފައިވަނީ އެ މަޖިލީހުން ކީރިތި ގުރުއާނާއި، ކީރިތި ރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ އިޖުމާޢު އާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި، އަންހެނުން ފަނޑިޔާރުކަން ކުރުމާ ބެހޭ ގޮތުން އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތް ހޯދުމަށް ކުރެއްވި ދިރާސާއިން އެނގުނު ގޮތުގައި އަންހެނުން ފަނޑިޔާރުކަން ކުރުމާބެހޭ ގޮތުން، އިސްލާމީ ޝަރީއަތުގައި ތިން ރައުޔެއް އޮންނަ ކަމުގައެވެ.
އަދި އެ ތިންރައުޔުއިންވެސް ސާބިތުވަނީ އިސްލާމީ ޝަރުޢީދާއިރާގައި ފަނޑިޔާރުންގެ ގޮތުގައި އަންހެނުން ތިބުމަކީ ހަރާމްކަމެއްކަމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...