ވާހަކަ ފާފުން- ފަނި

ފާފުން- ފަނި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިންގެ ވާހަކަ 36

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ކުޑަކުޑަ ފައިހާ ހުރީ ގޯތިތެރޭގައި ހައްދާފައިވާ ކުޑަ މާބަގީޗާ ތެރޭގައެވެ. އެކި ކުލަކުލައިގެ މާތައް ފޮޅިފައި ހުއްޓެވެ. ފައިހާގެ މާބަގީޗާގައި ވަރަށް ރީތި ފިޔާތޮށިކުލައިގެ ފިނިފެންމާތައް ފޮޅިފައި ހުއްޓެވެ.

    ފައިހާ ގަސްތަކަށް ފެންދިނެވެ. ފެންކުރާގައި ހުރި ފެން ހުސްވުމުން އަނެއްކާވެސް ފެންއެޅިއެވެ. ފައިހާއަށް މާގަސްތަކުގެ ތެރެއިން ފަންޏެއް ފެނުނެވެ. އެއީ ފެހިކުލައިގެ ފަންޏެކެވެ.  ފަނި އޮތީ ފަތް މަތީގައި ފެން ބޯށެވެ. ފޭރުގަހުގައި އިން ފޭރު އިނީ ދޮންވެފައެވެ. ފައިހާއަށް ފޭރު ފެނުމުން މަންމައަށް ގޮވިއެވެ. މަންމަ އޭރު ހުރީ ފާގައެއް ކާށެވެ. މަންމަ ފޭރު ބިނުމުން ފައިހާ ފޭރު ދޮންނަން ބަދިގެ ފަރާތަށް ދިޔައެވެ. އޭރު މަންމަގެ ފޯނު ރިންގުވަނީއެވެ. ފައިހާ އަނެއްކާވެސް މަންމައަށް ގޮވާލިއެވެ. “މަންމާ ފޯނެއް”. އަދި އައިސްއަލަމާރިން ފިނި ފެންފުޅިއެއްނަގާ ފެންތައްޓެއް ބޯލިއެވެ.

   ފައިހާ ފޭރު ދޮވެގެން އައިސް ފޭރު މަށަންވެގެން ވަޅިއެއް ހޯދިއެވެ. ފައިހާ ވަރަށް މީރުކޮށް ފޭރު ކަނިކޮށް ފޭރުތެރެއިން ކުޑަ ފަންޏެއް ފެނުނެވެ. ފައިހާ ބިރުން ފޭރު އެއްލާލިއެވެ. އޭގެ ފަހުން ފޭރު ފަނި ބޯން ވެސް ފައިހާ ބިރުގަނެއެވެ. (ނިމުނީ)

ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ.

1.      މާބަގީޗާގައި ފިޔާތޮށިކުލައިގައި ފޮޅިފައި އިނީ ކޮން ކަހަލަ މަލެއް؟

2.      ފައިހާއަށް ގަސްތަކުގެ ތެރެއިން ފެނުނީ ކޮން އެއްޗެއް ހެއްޔެވެ؟

3.      ފައިހާގެ މަންމަ ފޭރު ބިނދެފަ ދިނުމުން ބަދިގެ ފަރާތަށް ދިޔައީ ކީއްކުރަން؟

4.      މިވާހަކަގައި ހުރި ފާފު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިޔޭ!

5.      ފައިހާ ކާން އިން ފޭރު އެއްލައިލީ ކީއްވެ؟

ސުވާލުތަކުގެ ޖަވާބު:

1.      ފިނިފެންމަލެވެ.

2.      ފެހިކުލައިގެ ފަންޏެކެވެ.

3.      ފޭރު ދޮންނާށެވެ

4.      ފަނި، ފޭރު، ފެން، ފެހި، ފަތް، ފެންކުރާ، ފިނިފެންމާ

5.      ފަންޏެއް ފެނުމުންނެވެ.

ޓެގް

ހާށަވިޔަނި ވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.