ޚަބަރު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވޭނެކަމުގެ ޔަގީންކަން އެބައޮތް – ރައީސް ނަޝީދު

ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވޭނެކަމުގެ ޔަގީންކަން އެބައޮތް – ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމަނިކުފާނުގެ ދާއިރާ، މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯއްދަވައި ދެއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ދާއިރާގެ ރައްޔިތުންނާ އަޙްމަދިއްޔާ ސްކޫލުގައި ބައްދަލު ކުރައްވައި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދާއިރާގެ އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުން ހުރީ ބޯހިޔާވަހިކަން ނެތުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ސަރުކާރުން “ހިޔާ” މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި ފްލެޓްތައް މިސަރުކާރުން ދެކޭ އަގުގައި ނުދެވިދާނެކަމަށާ، ނަމަވެސް މިސަރުކާރުން ޢިމާރާތްކުރާ ފްލެޓްތައް ހެޔޮއަގުގައި ދެވޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ މިސަރުކާރުން ޢިމާރާތްކުރަން ހަމަ ޖެހިފައިވާ ފްލެޓްތަކުގެ މަޢުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ.

އޭގެ އިތުރުން ގޯތިގެދޮރުއެޅުމަށް ބޭނުންވާ ލޯނު ރަނގަޅުގޮތައް ހަމަ ޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މައްޗަންގޮޅީމެދު ދާއިރާގެ އެތެރޭގެ މަގުތައް ރަނގަޅަށް ހެދުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީގައި ވަނިކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލަކީ މުހިންމު ބިލެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން ފާސްކުރި މަސްވެރިކަމާ ބެހޭބިލް ޤާނޫނަކަށް ވުމުން މަސްވެރިކަމުގެ ވިޔަފާރި ރަނގަޅުވެ ރަނގަޅު ޢާމްދަނީއެއް ލިބިގެންދާނެ ކަމަށެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންގެ ހުރި ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.