ޚަބަރު ލަންދޫގައި ޒަމާނީ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލަންދޫގައި ޒަމާނީ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ވަޢުދުފުޅުގެ ތެރެއިން، ލަންދޫގައި ޒަމާނީ މިސްކިތެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި މިސްކިތް އެޅުމަށްޓަކައި ބިޑްކާމިޔާބުކޮށްފައިވާ މާރިސް ކޮންސްޓްރަކްޝަން އާއި ދެމެދުގައެވެ.

މި އެއްބަސްވުމުގެ ދަށުން 210 ދުވަހުގެ ތެރޭގައި ލަންދޫގައި ޒަމާނީ މިސްކިތެއް އަޅާ ނިންމަންޖެހޭނެއެވެ.

ދުވަސްގުނުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީ އިން ލަންދޫގައި މިސްކިތް އެޅުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ބިމުގައި މިސްކިތް ޢިމާރާތް ކުރަންވީ ގޮތް (ޤިބްލަ) ދެއްކުމުން ކަމަށް، ލަންދޫ ކައުންސިލް މެންބަރު އަލްފާޟިލް ޢަބްދުﷲ ޢާރިފު ނާރެސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޢަބްދުﷲ ޢާރިފު ވިދާޅުވީ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ގެ ކުރިން އޮންނާނެ ކަމަށެވެ.

ޓެގް

ލަންދޫކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.