ޚަބަރު އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވުމުން އެކަން ޔޫތް މިނިސްޓްރީއަށް އަންގައިފި

އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާކަން ފާހަގަވުމުން އެކަން ޔޫތް މިނިސްޓްރީއަށް އަންގައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓުގައި އިސްލާމު ދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާތީ އެކަން ޔޫތުމިނިސްޓްރީއަށް އަންގައިފިކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން ބަލަން ފެށީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އަދި އެ މައްސަލަ ބަލާ ނިމެންދެން ޔޫތް މިނިސްޓްރީންވަނީ އެމްއެންޑީއެން ސަސްޕެންޑްކޮށްފައެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގައި އާންމުކޮށް ޢަމަލުކުރާ އިޖުރާޢަތުތަކާއި އެއްގޮތަށް ރިޕޯޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަޙުޤީޤީ ބޭނުމަށްޓަކައި ދިރާސާކޮށް ބެލުމުގެ މަސައްކަތް ކުރާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ ގޮތުން އެ މައްސަލަ އާއި ގުޅިގެން ދީނީ 3 ޢިލްމުވެރިން މެދުވެރިކޮށް ވަކިވަކިން އެ ރިޕޯޓާއި ގުޅޭ ޢިލްމީ ދިރާސާއެއްކޮށް ރިޕޯޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވަހާކަތަކާއި އިސްލާމްދީނަށް ތައުހީނުކުރުމާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބެލެވޭ ކޮންޓެންޓުގެ މައްޗަށް ޢިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރުކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީންވެސް މި ރިޕޯޓާއި ގުޅޭ ޢިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ..

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން ނެރުނު ރިޕޯޓްގެ މުޞައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، އެޖަމިއްޔާގެ އިސް ދެ މީހެއް ކަމަށްވާ ޢަޛްރާ ނަސީމާއި ޝަހިންދާ އިސްމާއިލް ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި މި ދެ މީހުން 14 ދުވަހުގެ ތެރޭގައި ފުލުހުންގެ މަރުކަޒަށް ހާޒިރުވުމަށް އަންގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ޓެގް

އެމްޑީއެން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.