ޚަބަރު ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހު ބާއްވަން ނިންމައިފި

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހު ބާއްވަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާ އެކަން އިޢުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިންވެސް އޭޕްރީލް މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާނެކަމަށް ނިންމާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގެ ބަޖެޓުވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަލުތަކެއް އަންނައިރު ފޮށީގެ ޢަދަދުވެސް އިތުރުވާނެކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ވޭތުވެތިދަ އިންތިޚާބުތަކާ އަޅާބަލާއިރު 178 ފޮށި އިތުރުވާނެއެވެ.

ކައުންސިލް އިންތިޚާބަށް ގެންނަ ބަދަލާއެކު މުޅި އިންތިޚާބަށް ގާތްގަނޑަކަށް 65 ނުވަތަ 70 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާނީ އަންނައަހަރުގެ ފެބުރުއަރީ މަހުގައެވެ.

ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ރަށްރަށުގެ ކައުންސިލް ރައީސުންނާއި، އަތޮޅު ކައުންސިލަރުންނާއި، މޭޔަރުން ކަނޑައަޅާނީވެސް ރައްޔިތުންގެ ވޯޓަކުންނެވެ. އަދި މާލީ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައެވެ.

ޓެގް

ކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.